ޝާހްރުކްގެ ރާއްޖޭގެ އެންމެ ބޮޑު ފޭން އަޝްރަފް އަށް ހާއްސަ އެވޯޑެއް
ޝާހްރުކްގެ ރާއްޖޭގެ އެންމެ ބޮޑު ފޭން އަޝްރަފް އަށް ހާއްސަ އެވޯޑެއް

މިދިޔަ އޮގަސްޓް މަހު ރިލީޒް ކުރި ޝާހްރުކް ހާންގެ ފިލްމް "ޖަބް ހެރީ މެޓް ސޭޖަލް" ޕްރޮމޯޓް ކުރުމަށް، ރާއްޖޭގައި ހުރި އޭނާގެ އެންމެ ބޮޑު ފޭން މުހައްމަދު އަޝްރަފް އިންޑިއާގެ ސޮނީ މިއުޒިކާ ގުޅިގެން ހެދި ވީޑިއޯއަކަށް އިންޓަނޭޝަލް އެވޯޑެއް ލިބިއްޖެ އެވެ.

ޝާހްރުކްގެ ރާއްޖޭގެ އެންމެ ބޮޑު ފޭން އަޝްރަފް އަށް ހާއްސަ އެވޯޑެއް
ޝާހްރުކްގެ ރާއްޖޭގެ އެންމެ ބޮޑު ފޭން އަޝްރަފް އަށް ހާއްސަ އެވޯޑެއް

އަޝްރަފާއި އޭނާގެ ޓީމުން "ސަފަރު" ގެ ނަމުގައި ހެދި ވީޑިއޯ އަށް ލިބިފައި ވަނީ އޭޝިއަން ކަސްޓަމާ އެންގޭޖްމަންޓް ފޯރަމް އެންޑް އެވޯޑްސް (އޭސީއީއެފް) އެކްސެލެންސް އިން ބްރޭންޑިން އެންޑް މާކެޓިން އެވޯޑެވެ. މި އެވޯޑް ލިބުމުން ވަރަަށް އުފާވެފައި ހުރި އަޝްރަފް ބުނީ އެވޯޑަކީ އޭނާ އަށް ލިބުނު އިންޓަނޭޝަނަލް ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ޝާހްރުކްގެ ރާއްޖޭގެ އެންމެ ބޮޑު ފޭން އަޝްރަފް އަށް ހާއްސަ އެވޯޑެއް
ޝާހްރުކްގެ ރާއްޖޭގެ އެންމެ ބޮޑު ފޭން އަޝްރަފް އަށް ހާއްސަ އެވޯޑެއް

މިދިޔަ ހުކުރު ދުވަހުގެ ރޭ މުމްބާއީގެ ވެސްޓްއިން ހޮޓެލްގައި ބޭއްވި އެވޯޑް ހަފުލާ އަށް އަޝްރަފަށް ނުދެވުނު ނަމަވެސް، ސޮނީ މިއުޒިކުން ވަނީ އެވޯޑާ ހަވާލުވެ، އޭގެ ހުރިހާ މައުލޫމާތެއް އޭނާއާ ހިއްސާކޮށްފަ އެވެ.

"ވަރަށް އުފަލުން އަހަރެން މިހީރީ. މިއީ މި ކަހަލަ އިތުރު މަސައްކަތްތައްކޮށްލަން ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ޝާހްރުކްގެ ރާއްޖޭގެ ފޭން ކުލަބްގައި އިސްކޮށް ހުރި އަޝްރަފް ބުންޏެވެ.

އިމްތިއާޒް އަލީ ޑައިރެކްޓް ކުރި "ޖަބް ހެރީ މެޓް ސޭޖަލް" ރާއްޖޭގައި ޕްރޮމޯޓް ކުރަން ހެދި ވީޑިއޯ އިން އަޝްރަފާ އެކު، އޭނާގެ ފިރިހެން ދަރިފުޅު ވެސް ފެނެ އެވެ. އަޝްރަފް ބުނީ އެންމެ ބޮޑަށް އުފާވި އެއް ކަމަކީ ދެބަފައިން އެކުގައި މަސައްކަތްކޮށްފައިވާ އެއްޗަކަށް އެވޯޑެއް ލިބުމުން ކަމަށެވެ.

މި ވީޑިއޯ މިހާރު ޔޫޓިއުބުން ވެސް ބަލައިލެވޭނެ އެވެ.

ޝާހްރުކާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅުނު "ޖަބް ހެރީ މެޓް ސޭޖަލް" އިންޑިއާއާ އެކު ރާއްޖޭގައި ޕްރިމިއާ ކުރަން ވެސް އަޝްރަފު އިސްކޮށް ހުރެގެން ވަނީ ހަރަކާތްތަކެއް ހިންގައިފަ އެވެ. އަދި އެސްއާރްއެކޭ ޔުނިވާސްގައި ހިންގާ ފޭން ކުލަބްތަކުގައި ރާއްޖެ ޕްރޮމޯޓް ކުރަން ވެސް ވަރަށް ގިނަ މަސައްކަތްތައް އަޝްރަފު އަންނަނީ ކުރަމުންނެވެ.