03 އޮކްޓޯބަރ 2017 - 10:23

ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ދެ މޫދު ކޮޓަރިއެއްގައި މިއަދު ހެނދުނު ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.
ވިލާ ހޮޓެލްސް އިން ހިންގާ ރިސޯޓުގެ ދެ ކޮޓަރީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެއީ ޓޫރިސްޓުން އުޅުނު ކޮޓަރިއެއް ނަމަވެސް ރޯވި ވަގުތު އެ ޓޫރިސްޓުން ކޮޓަރީގައި ނޫޅޭ ކަމަށްވެ އެވެ.
"ޖެހިޖެހިގެން ހުރި ދެ ކޮޓަރީގައި ރޯވެ އެނދީ. އޭގެ ތެރެއިން އެއް ކޮޓަރި ވަރަށް ބޮޑަށް އަނދާފައިވޭ،" އެތަނުގައި ހުރި މުވައްޒަފަކު ބުންޏެވެ.
އޭނާ ބުނީ ހެނދުނު 8:45 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލަން ރިސޯޓުގެ މުވައްޒަފުންގެ އިތުރުން އެމްއެންޑީއެފުން ވެސް ހަރަކާތްތެރިވި ކަމަށެވެ.
މިދިޔަ އޯގަސްޓު މަހު ކުލަބްމެޑް ކަނިފިނޮޅު ރިސޯޓްގެ މޫދު ކޮޓަރިއެއްގައި ވެސް ވަނީ އަލިފާން ރޯވެ އަނދާހުލިވެފަ އެވެ.