އުމުރަށް ވުރެ ޒުވާންކަމަށް ފެންނާތީ އެއާޕޯޓްގައި ހިފަހައްޓައިފި
އުމުރަށް ވުރެ ޒުވާންކަމަށް ފެންނާތީ އެއާޕޯޓްގައި ހިފަހައްޓައިފި

އުމުރުން 41 އަހަރުގެ ޔުކްރޭން އަންހެނެއްގެ އުމުރާއި އެ މީހާގެ ސިފަޔާ ދިމާނުވާތީ ޕާސްޕޯޓް ކޮންޓްރޯލުން ހިފަހައްޓައިފި އެވެ.

ނަޓާލީ ޒެންކިވް އަކީ ލާމާ ކިޔާ ބޭންޑެއްގެ ލަވަކިޔުންތެރިއެކެވެ. އޭނާ އޭރު ދަތުރުކުރަމުން ދިޔައީ ތުރުކީގައި ޗުއްޓީ ހޭދަކުރުމަށް ފަހު ޔުކްރޭނަށް ދާށެވެ.

ނަޓާލީއަށް އޭނާގެ ޕާސްޕޯޓްގައިވާ މައުލޫމާތާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ފަހު ހައްޔަރުކުރި އެވެ. ވެގެން އުޅޭ ގޮތެއް އޭނާއަށް އެނގުނީ އުމުރާ ގުޅޭ ގޮތުން ސުވާލުކުރަން ފެށީމަ އެވެ.

ޕާސްޕޯޓް ކޮންޓްރޯލް އޮފިސަރު ހީކުރީ ނަޓާލީ އަކީ ވިއްސަކަށް އަހަރުގެ ޒުވާނެއް ކަމަށެވެ. އެހެންވެ އޭނާއަށް ވުރެ މާ ދުވަސްވީ މީހެއްގެ ޕާސްޕޯޓްގައި ދަތުރުކުރަނީ ކީއްވެތޯ ސުވާލުކުރި ކަމަށްވެ އެވެ.

ޔުކްރޭން ނޫހަކަށް ނަޓާލީ ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާގެ އުމުރަށް ވުރެ މާ ޅަ ކަމަށް ބުނެ ގިނަ ބަޔަކު އޭނާއަށް ތައުރީފުކުރުމަކީ ހަމަ އާދައިގެ ކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން އޭނާ އެއާޕޯޓެއްގައި ތާށިވެދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ.

ނަޓާލީ އަށް އިމިގްރޭޝަން ކައުންޓަރުން ނުކުމެވޭ ގޮތް ވީ އެ ވަގުތު ކިއުގައި ތިބި ގިނަ ބަޔަކަށް އޭނާއަކީ ކާކުކަން އެނގިގެން އޭނާގެ އޮޓޮގްރާފަށް އެދެން ފެށީމަ އެވެ.