02 އޮކްޓޯބަރ 2017 - 11:22

ކުދި ވެލާތަކެއް ގެންގުޅުނު މީހަކު 149،000 ރުފިޔާގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެންވައިރަމެންޓް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ރާއްޖޭގައި ހިފައި އަދި ގެންގުޅުން މަނާ ވެލާތަކެއް މުހައްމަދު މުސްތަފާ، ހަކި، ރ. މާކުރަތު، ގެންގުޅުނުކަން ފުލުހުންގެ ބަޔާނުން އެނގެން އޮތް ކަމަށެވެ.
އީޕީއޭ އިން ބުނި ގޮތުގައި މުސްތަފާ ވަނީ ކުދި 12 ކުދި ވެލާ ގެންގުޅެފަ އެވެ. އޭނާ ޖޫރިމަނާކުރީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ.
ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް، އެޕްރީލް 4، 2016 ގައި، ރާއްޖޭގައި ވަނީ ގާނޫނީ ގޮތުން ހިމާޔަތްކޮށްފަ އެވެ.