ނޯތު ކޮރެއާއާ މަޝްވަރާ ކުރަން އުޅުމަކީ ވަގުތު ބޭކާރު ކުރުމެއް: ޓްރަމްޕް
ނޯތު ކޮރެއާއާ މަޝްވަރާ ކުރަން އުޅުމަކީ ވަގުތު ބޭކާރު ކުރުމެއް: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 2) - ނޯތު ކޮރެއާއާ މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރަން ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން މަސައްކަތް ކުރެއްވުމަކީ ވަގުތު ބޭކާރު ކުރުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ރެކްސް ހަކަތަ ސޭވް ކުރައްވާ. އަޅުގަނޑުމެން ކުރަން ޖެހޭކަންތައް ކުރާނަން،" ޓްރަމްޕް ޓްވީޓް ކުރެއްވި އެވެ.

ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ސީދާ ގޮތެއްގައި އެ ގައުމާ މުއާމަލާތް ކުރަމުންދާ ކަމަށް ޓިލަސަން ވަނީ ވިދާޅުވެފަ އެވެ. އަދި ނޯތު ކޮރެއާ އިން މަޝްވަރާ އަށް ފާޅުކޮށްފައި ވަނީ ވަރަށް ކުޑަ ޝައުގެއް ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އިން ބޭނުން ވަނީ ނޯތު ކޮރެއާގެ މިސައިލް ޕްރޮގްރާމް ހުއްޓާލާށެވެ. ނޯތު ކޮރެއާ އިން ދާދި ފަހުން ހައިޑްރިޖަން ބޮމެއް ޓެސްޓް ކުރުމާ ގުޅިގެން އެމެރިކާގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ޓްރަމްޕް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ނޯތު ކޮރެއާގެ ކުޑަ ކުޑަ ރޮކެޓް މޭންއާ މަޝްވަރާ ކުރަން އުޅުމަކީ ހަމަ ވަގުތު ބޭކާރު ކުރުމެއް ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާގައި ވާހަކަ ދައްކަވަމުން ޓިލަސަން ވެސް ވަނީ ފަހުން ވަނީ ނޯތު ކޮރެއާއާ މަޝްވަރާ ކުރަން އުޅެ ކާމިޔާބު ނުވި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.