02 އޮކްޓޯބަރ 2017 - 07:39

ނޭޕްލްސް (އޮކްޓޯބަރު 2) – އިޓާލިއަން ލީގުގައި ރޭ އެޓަލާންޓާ އިން ޗެމްޕިއަން ޔުވެންޓަސްއާ 2-2 އިން އެއްވަރުކުރުމުން ތާވަލުގެ އެއް ވަނައިގައި ނަޕޯލީ އަށް ދެ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.
އިއްޔެ އަމިއްލަ ދަނޑުގައި ކަލިއާރީ އަތުން 3-0 އިން މޮޅުވެ ނަޕޯލީ އެއް ވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ. ކުޅުނު ހަތް މެޗުން ވެސް މޮޅުވެފައިވާ ނަޕޯލީ ވަނީ ޖުމްލަ 25 ގޯލް ޖަހައިފަ އެވެ. ދެ ވަނައިގައި ޔުވެންޓަސް އޮތީ 19 ޕޮއިންޓާ އެކު ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި 19 ޕޮއިންޓާ އެކު އޮތް އިންޓަ އިން ވަނީ ރޭ ބެނެވެންޓޯ އަތުން 2-1 އިން މޮޅުވެފަ އެވެ.
ރޭ އޭއެސް ރޯމާ ވަނީ ރަށުން ބޭރުގައި އޭސީ މިލާން 2-0 އިން ބަލިކޮށްފަ އެވެ. އެޑިން ޖެކޯ އާއި އަލެސަންދްރޯ ފްލޮރެންޒީގެ ލަނޑުތަކާ އެކު ރޯމާ މޮޅުވިއިރު އެ ޓީމު އޮތީ 15 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އާ ސީޒަނަށް ބޮޑު ހަރަދެއްކުރި މިލާން ލީގުގައި ތިން ވަނަ މެޗުން ބަލިވިއިރު އެ ޓީމު އޮތީ 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ރަށުން ބޭރުގައި ރޭ އެޓަލާންޓާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ކުރީކޮޅު އެ ޓީމުގެ ފެޑެރިކޯ ބާނަޑެސްކީ އާއި ގޮންޒާލޯ ހިގައިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. އެޓަލާންޓާ އިން ފަހަތުން އަރައި އެއްވަރުކުރީ މަޓިއާ ކަލްޑަރާ އާއި ބްރިޔަން ކްރިސްޓޭންޓް ޖަހައިދިން ލަނޑުތަކުންނެވެ. މެޗުން މޮޅުވާން ޔުވެންޓަސް އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް 84 ވަނަ މިނެޓުގައި ޕައޮލޯ ޑިބާލާ ޖެހި ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ.
ކަލިއާރީ އަތުން އަމިއްލަ ދަނޑުގައި ނަޕޯލީ މޮޅުވިއިރު ގޯލް ޖަހައިދިނީ މަރެކް ހަމްސިޗް އާއި ޑްރިއެސް މާޓިންސް އަދި އަދި ކަލިދޫ ކޫލިބަލީ އެވެ.