މައިލީ ސައިރަސްގެ އާ އަލްބަމް "ޔަންގާ ނައު" ނެރެފި
މައިލީ ސައިރަސްގެ އާ އަލްބަމް "ޔަންގާ ނައު" ނެރެފި

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ މައިލީ ސައިރަސްގެ ހަ ވަނަ އަލްބަމް "ޔަންގާ ނައު" ނެރެފި އެވެ.

މި އަލްބަމް ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ނެރުމުގެ ކުރިން 24 އަހަރުގެ ލަވަ ކިޔުންތެރިޔާ ވަނީ އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން ހަތަރު ލަވައެއް މީގެ ކުރިން އެހުންތެރިންނަށް ދޫކޮށްލައިފަ އެވެ. ޖުމްލަ 11 ލަވަ ހިމެނޭ "ޔަންގާ ނައު" ގެ ޓްރެކް ލިސްޓުން މައިލީ އެންމެ ފުރަތަމަ އެހުންތެރިންނަށް ދޫކޮށްލި ދެ ލަވައަކީ މެއި މަހުގެ ތެރޭގައި އިއްވައިލި "މަލިބޫ" އާއި އޮގަސްޓް މަހުގެ ތެރޭގައި އިއްވައިލި "ޔަންގާ ނައު" އެވެ.

އާ އަލްބަމް ނެރުމަށް ފަހު މައިލީ ބުނީ ލަވަތައް އެހުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އޭނާ ވަނީ "ޔަންގާ ނައު" ގެ ހަތް ލަވައެއްގެ ޅެން ވެސް އަމިއްލަ އަށް ލިޔެފަ އެވެ.ު" ރ9ލީޒ

"މިއީ މިހާތަނަށް އަހަރެން ނެރުނު އަލްބަމްތަކުގެ ތެރެއިން އަމިއްލަށް އެންމެ ގިނަ ޅެން ހެދި ވެސް އަލްބަމް،" ހޮލީވުޑްގެ އެކްޓަރު ލިއަމް ހެމްސްވޯތުއާ ރައްޓެހިވެގެން އުޅޭ ލަވަ ކިޔުންތެރިޔާ ބުންޏެވެ.

މައިލީ އެންމެ ފަހުން އަލްބަމެއް ނެރުނީ 2015 ގަ އެވެ. އެއީ "މައިލީ ސައިރަސް އެންޑް ހާ ޑެޑް ޕެޓްޒް" އެވެ. އޭނާ ކުރިން ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި ބެންޖާޒް (2013)، ކާންޓް ބީ ޓޭމްޑް (2010)، ބްރޭކްއައުޓް (2008) އަދި މީޓް މައިލީ ސައިރަސް (2007) އެވެ.