ދިރާގުން އިތުރު ފަސް ރަށަކަށް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ދީފި
ދިރާގުން އިތުރު ފަސް ރަށަކަށް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ދީފި

ދިރާގުން ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ފަސް ރަށަކަށް އެ ޚިދުމަތް ދީފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ހިދުމަތް އަލަށް ތައާރަފްކުރީ އދ. ދަނގެތި، މާމިގިލި، އއ. އުކުޅަސް، މަތިވެރި އަދި ބޮޑުފުޅަދުއަށް ކަމަށެވެ. އަދި އެ ރަށްރަށަށް އެ ހިދުމަތް ތައާރަފްކުރުމަށް ފަހު ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން ފައިބަ ބްރޯޑް ބޭންޑުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް، ގުޅައިދިނުމުގެ ފީ ހިލޭ ދޭނެ ކަމަށެވެ.

ދިރާގުން ދޭ ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެކެވެ.

އެ ކުންފުނިން ފައިބާ ނެޓްވޯކް ގާއިމްކޮށް ހިދުމަތް މިހާރު ފޯރުކޮށްދެނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ތުލުސްދޫ، ދިއްފުށި، ގުރައިދޫ، ލ. ގަން، ފޮނަދޫ ވ. ކެޔޮދޫ، ފުލިދޫ، ތިނަދޫ އަދި ބ. ދަރަވަންދޫގަ އެވެ.