30 އަހަރު ފުދިއްޖެ، އާ ލީޑަޝިޕަކަށް ފުރުސަތު ދީ: ޝައިނީ
30 އަހަރު ފުދިއްޖެ، އާ ލީޑަޝިޕަކަށް ފުރުސަތު ދީ: ޝައިނީ

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ "30 އަހަރު ފުދިއްޖެ" ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ، މައުމޫނަށް ބަހުގެ ހަމަލަތަކެއް މިރޭ ދެއްވައިފި އެވެ.

30 އަހަރު ފުދިއްޖެ، އާ ލީޑަޝިޕަކަށް ފުރުސަތު ދީ: ޝައިނީ
30 އަހަރު ފުދިއްޖެ، އާ ލީޑަޝިޕަކަށް ފުރުސަތު ދީ: ޝައިނީ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިހާތަނަށް ހިމޭނުން ހުންނެވި، ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ މިހާތަނަށް ނުފެންނަ ވަރުގެ ތަރައްގީތައް ރާއްޖެ އަށް ގެނެސްދެއްވާފައި ކަމަށެވެ.

30 އަހަރު ފުދިއްޖެ، އާ ލީޑަޝިޕަކަށް ފުރުސަތު ދީ: ޝައިނީ
30 އަހަރު ފުދިއްޖެ، އާ ލީޑަޝިޕަކަށް ފުރުސަތު ދީ: ޝައިނީ

"...އާ ލީޑަޝިޕަކަށް ފުރުސަތު ދީ،" ޕީޕީއެމްގެ ރައީސް މައުމޫނަށް އިޝާރާތް ކުރައްވައި ޝައިނީ ވިދާޅުވި އެވެ.

އޭނާގެ ބަހުގެ ހަމަލަ މައުމޫނަށް ރައްދުކުރެއްވިއިރު، ޕީޕީއެމްގެ އެތެރޭގެ ކަންކަން ވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައި ކަމަށް ވިދާޅުވެ، މައުމޫން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މައުމޫން މިރޭ އިއްވެވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ބަސް ޕާޓީގެ ތެރޭގައި ނުވިކެ އެވެ. އަދި ޕާޓީގެ އެތެރޭގެ ތަސައްވުރު ވަނީ ކިލަނބުވެ، އެތެރޭގެ ޑިމޮކްރަސީ ވަނީ މުޅިން ހަލާކުވެފައި ކަމަށް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނު ވިދާޅުވާ ގޮތާ ޚިލާފަށް ޕާޓީގެ އިސް ބައެއް ބޭފުޅުން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި އެމަނިކުފާނަށާއި ކައުންސިލަށް ވެސް ނޭނގި ކަންކަން ހިނގަމުން ދާ ކަމަށެވެ.

މައުމޫންގެ ކޮއްކޯފުޅު، ރައީސް ޔާމީނާ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުންގެ ބަހުގެ ހަމަލަތައް ވެސް މައުމޫނަށް ވަނީ އަމާޒުކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް މައުމޫނަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ، އެމަނިކުފާނާ ގާތްގުޅުމެއް ބާއްވަމުން އައި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އޭނާ ނޫސްވެރިންނަށް ވިދާޅުވީ މައުމޫން ވަނީ ޕީޕީއެމް "ހައިޖެކް" ކުރައްވާފައި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީ އަށް ވަކާލާތުކުރައްވާ ރައީސް މައުމޫން މިހާރު އަމަލު ކުރައްވަމުން ގެންދަވަނީ އޭނާ ދެނެވަޑައިގަންނަވާ ޑިމޮކްރަސީއަކަށް ނޫން ކަމަށެވެ.

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ޕީޕީއެމްގެ މެމްބަރުން ގެނައި އިސްލާހަށް ފަހު، މައުމޫން ވަނީ ޕާޓީގެ އެތެރޭގެ ބައެއް ބާރުތައް ނަންގަވައިފަ އެވެ. އެގޮތުން އިދާރީ ގޮތުން ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް، ޕީޕީއެމްގެ ނައިބު ރައީސް ކަމަށް މައުމޫން އައްޔަން ކުރައްވާފައިވާ އަބްދުއްރަހީމްގެ އަތުން ވަނީ އަތުލައްވައިފަ އެވެ. އޭގެ ތެރޭގައި މައުމޫން ވަޑައިގެން ނެތް ހާލަތެއްގައި، ޕާޓީގެ ކައުންސިލް ބޭއްވުމާއި ކައުންސިލަށް ކަންކަން އެޖެންޑާ ކުރުމުގެ ބާރު ވެސް ހިމެނެ އެވެ.

މީގެ އިތުރުން ޕާޓީގެ އެއްވެސް ކޮމިޓީއެއް މައުމޫންގެ ހުއްދަ ނެތި ނުބޭއްވުމަށް މައުމޫން ވަނީ އަންގަވައިފަ އެވެ.

މި ކޯޅުމުގެ ތެރެއިން މައުމޫން ވަނީ ޕީޕީއެމް އިސްލާހު ކުރުމުގައި އެމަނިކުފާނަށް ލަފާދިނުމަށްޓަކައި މަޝްވަރާ މަޖިލިހެއް ވެސް އުފައްދަައިފަ އެވެ.