"ސްލީ" އިން އަނެއްކާ ވެސް ޓޮމް ހޭންކްސް އޮސްކާ ހޯދައިފާނެ
"ސްލީ" އިން އަނެއްކާ ވެސް ޓޮމް ހޭންކްސް އޮސްކާ ހޯދައިފާނެ

އިމަޖެންސީ ލޭންޑިއެއްއެއްގައި 154 ފަސިންޖަރުންނާ އެކު ކޯރަކަށް ފްލައިޓް ޖައްސައި، އެންމެންގެ ފުރާނަ ސަލާމަތްކޮށްދޭ ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ ފިލްމް "ސްލީ" ގެ ފުރަތަމަ ޓްރެއިލާ މިހާރު މިއޮތީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

"ސްލީ" އިން އަނެއްކާ ވެސް ޓޮމް ހޭންކްސް އޮސްކާ ހޯދައިފާނެ
"ސްލީ" އިން އަނެއްކާ ވެސް ޓޮމް ހޭންކްސް އޮސްކާ ހޯދައިފާނެ

ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައިވާ ޓޮމް ހޭންކްސް ދައްކާފައިވާ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ތައުރީފު ވެސް ކުރަމުންނެވެ.

ޓްރެއިލާ ވަރަށް ފުރިހަމަ ކަމަށާއި ފިލްމް ބަލާލަން މިހާރު ކެތްތެރިކަން ކުޑަވެފައިވާ ކަމަށް ހޭންކްސްގެ ފޭނުން އަންނަނީ ބުނަމުންނެވެ. އެހެންވެ "ސްލީ" އަކީ ތިން ވަނަ ފަހަރަށް އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހޭންސް، 59، އަށް އުފުލައި ލެވިދާނެ ފިލްމެއް ކަމަށް މިހާރު ވެސް ވަނީ ބެލެވެން ފަށައިފަ އެވެ.

ހޭންކްސް ވަނީ ޖެހިޖެހިގެން ދެ ފަހަރެއްގެ މަތިން އޮސްކާ ހާސިލްކޮށްފަ އެވެ. އެއީ ފިލަޑެލްފިއާ (1993) އާއި ފޮރެސްޓް ގަމްޕް (1994) އިންނެވެ.

ކްލިންޓް އީސްޓްވުޑް ޑައިރެކްޓްކޮށްފައިވާ "ސްލީ" އަކީ ޖެނުއަރީ 15، 2009 ގައި އެމެރިކާގެ ހަޑްސަން ރިވާ އަށް އެމެރިކަން އެއާވޭސްގެ ފްލައިޓް 1549 ޖައްސައި، އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށް ދިން ތަޖުރިބާކާރު ކެޕްޓަން ޗެސްލީ "ސްލީ" ސްލަމްބާގުގެ އާދަޔާހިލާފު ހިތްވަރަަށް ބިނާކޮށް ހަދާފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ.

އުމުރުން މިހާރު 65 އަހަރުގެ ސްލީއަކީ އޭވިއޭޝަން ދާއިރާގެ 40 އަހަރުގެ ތަޖުރިބާ ހުރި އަދި ގިނަ ބަޔަކު "ހަގީގީ ބަތަލެއް" ގެ ގޮތުގައި ދެކޭ ޕައިލެޓެކެވެ. ސްލީ ބުނީ އޭނާއަކީ "ބަތަލެއް ކަމުގެ އިހުސާސެއް ނެތް" ކަމަށެވެ. އެކަމަކު އެތައް ފުރާނައެއް ސަލާމަތްކޮށް ދެވުމަކީ ޝަރަފެއް ކަމަށް ބުންޏެވެ.

ފިލްމުގައި "ސްލީ" ގެ ރޯލުން ހޭންކްސް ފެނިގެންދާ އިރު، ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އޯޓަމް ރީޒާ، މައިކް އޯ މެލޭ، އާރޮން އެކާޓް އަދި ލައުރާ ލިނޭ ފަދަ ތަރިން ހިމެނެ އެވެ.

ޖެފްރީ ޒަސްލޯ ލިޔެފައިވާ ވާހަކަ "ހައެސްޓް ޑިއުޓީ: މައި ސާޗް ފޮ ވަޓް ރިއަލީ މެޓާސް" އަސްލަކަށް ބަލައިގެން ހަދާފައިވާ "ސްލީ" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 9 ގަ އެވެ.

މި ފިލްމް ޑިސްޓްރިބިއުޓް ކުރުމުގެ ޒިންމާ އާ ހަވާލުވެފައި ވަނީ ވާނާ ބަރްދާސް އިންނެވެ.