މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް
މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް

ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ނެސްލޭ މައިލޯ ކަލާސް އެވޯޑު"، ޓޭބަލް ޓެނިސް (ޓީޓީ)ގެ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް މި ރޭ ހޯދައިފި އެވެ.

މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް
މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް

ދަރުބާރުގޭގައި ބޭއްވި މި އަހަރުގެ ކަލާސް އެވޯޑް ހަފުލާގައި ރާއްޖޭގެ އެންމެ ހަގު ޗެމްޕިއަން، ރަފާ އަށް އެ އެވޯޑު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް
މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް

މިިދިޔަ އަހަރު އޭނާ ވަނީ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން، 13 އަހަރު ވަންދެން ހޯދި މުއީނާ މުހައްމަދު ބަލިކުރުމަށް ފަހު ތާރީހުގެ ތެރެ އަށް ވަދެފަ އެެވެ. މުއީނާ ބަލި ކުރުމަށް އަޒުމް ކަނޑައަޅައިގެން ގިނަ ކުޅުންތެރިންތަކެއް ނުކުތް އިރު، އެކަން ކާމިޔާބުވީ 13 އަހަރުގެ ރަފާއަށެވެ.

މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް
މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް

މީގެ ދެ އަހަރު ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނި، ވިދަން ފެށި ރަފާ ވަނީ މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖެ އަށް ރިހި މެޑަލް ވެސް ހޯދައިދީފަ އެވެ.

މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް
މި އަހަރުގެ ކަލާސް އެވޯޑު ޓީޓީ ޗެމްޕިއަން ރަފާ އަށް

ކަލާސް އެވޯޑު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އެ އެވޯޑު ދޭން ފެށުމުން ކުޅިވަރުގެ ދާއިރާ އަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން އެތްލެޓިކްސް އާއި ފެތުމާއި ފުޓްބޯޅަ އާއި ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއް މުބާރާތުން އަނެއް މުބާރާތަށް ދަރިވަރުންގެ ހުނަރު ވެސް ތަރައްގީވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށާއި މި ފަހުން ބޭއްވި އިންޓަ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ވާދަކުރި މުބާރަތް ކަން ފާހަގަކުރެއްވި އެވެ.

"ވޭތުވެދިޔަ ތިން އަހަރުގެ އިންޓަ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ނަޒަރު ހިންގައި ބަލައިލާ ނަމަ، 2015 ވަނަ އަހަރު އެ މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ އަދަދަކީ 581. އަދި 2016 ވަނަ އަހަރު 959 ދަރިވަރުން ބައިވެރިވެފައިވާ އިރު މިއަހަރު މި މުބާރާތުގައި 1036 ދަރިވަރުން ވަނީ ބައިވެރިވެފައި. މިގޮތަށް އެހެން ކުޅިވަރުތަކުގެ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކަލާސް އެވޯޑު ހޯދަމުން އަންނަ ދަރިވަރުންގެ އަދަދު ވެސް އިތުރުވަމުން އަންނަ އިރު، މިއަހަރު އެ އެވޯޑު ހޯދި ދަރިވަރުންގެ އަދަދު 17 ޕަސެންޓް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން، ރަށްރަށުގައި ތިބި ދަރިވަރުން މާލެ ގެނެސް ފެންވަރު ރަނގަޅު ކޯޗުންގެ އެހީއާއެކު މިހާރު ވެސް 19 ދަރިވަރުން ކިޔަވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މީގެ ތެރެއިން ރާއްޖޭން ބޭރުގައި ހަތަރު ދަރިވަރުން ތަމްރީނުވަމުން އަންނަކަމަށް ވިދާޅުވި އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑު މިއަހަރު ވަނީ 13 ކުޅިވަރަކުން 169 ދަރިވަރުން ހޯދައިފަ އެވެ.