01 ޖުލައި 2016 - 00:34

ރެއިންބޯ އިން ކުރިއަށް ގެންދިޔަ ރޯދަ ސޭލް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.
އޭޕްރިލް 17 އިން މި މަހުގެ 16 ގެ ނިޔަލަށް ރެއިންބޯގެ ފިހާރަތަކުގައި ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ރެއިންބޯގެ ހަ ފިހާރައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.
މި ޕްރޮމޯޝަނުން އެއްވަނަ އަށް ދިޔަ މއ. ބަގީޗާގޭ އަރީޝް (ކޫޕަން ނަންބަރު 36469) އަށް ލިބުނީ ޕީސީއެކްސް ސައިކަލެކެވެ.
ދެވަނަ އަށް ދިޔަ ހ. އާދޫ ނަދީމް (ކޫޕަން ނަންބަރު 37813) އަށް 55 އިންޗީގެ ސެމްސަންގް ކާވް ޓީވީ އެއް ލިބުނު އިރު ތިންވަނަ އަށް ދިޔަ ހ. އަގި އިސްމާއިލް ޒާހިރު (ކޫޕަން ނަންބަރު 23559) އަށް ލިބުނީ ސެމްސަންގް ގެލެކްސީ އެސް7 އެޖް ފޯނެކެވެ.
ރެއިންބޯ އިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ބާއްވާ މި ޕްރޮމޯޝަނަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމަށް ބާއްވާ ޕްރޮމޯޝަނެއް ކަމަށް އެ ފިހާރައިން ބުނެ އެވެ.