ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ގއ. އަތޮޅު ރަށްރަށުގެ 1000 ޒުވާނުން ތަމްރީނުކޮށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ސަރުކާރާއި ކޫއްޑޫގައި ރިސޯޓް ހޮޓަލެއް ހިންގަމުން އަންނަ ޕްރިސްޓިން އައިލެންޑްސް އިންވެސްޓްމެންޓާ ދެމެދު ރޭ ސޮއިކޮށްފި އެވެ.

ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ގއ. ކޫއްޑޫގައި "މާކިއޯ ކޫއްޑޫ ހޮޓެލް" ރަސްމީކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން ރޮނާޑް ރިއޯ އާއި ހޮޓެލްސް އެންޓް ރިސޯޓް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެއްބަސްވުމާ އެކު ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ އާއި ތަމްރީންގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ. މިއީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 1000 އާއިލާ އަށް ލިބޭ ބޮޑު ނިއުމަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގއ. އަތޮޅުގައި 750 މިލިއަން ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓްތައް ހިންގަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އިންވެސްޓްމަންޓްތަކުގެ އަގު ބިލިއަން ޑޮލަރަށް އަރާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކީ ދިވެހިންގެ އުފާ. އަޅުގަނޑުމެންނަށް ލިބިގެންދާ ނިއުމަތްތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ ބޭނުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމެވެ.

ކޫއްޑޫ އެއާޕޯޓުގެ ސީއީއޯ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް ޖަނާ ވިދާޅުވީ ކޫއްޑޫ ވެގެން ދާނީ މުޅި ދުނިޔޭގައި ވެސް ވޯޓާ ވިލާއާ އެކު ހުޅުވި ފުރަތަމަ އެއާޕޯޓް ހޮޓަލަށް ކަމަށެވެ. މިއީ ރާއްޖޭގެ އެއާޕޯޓެއްގައި ތަރައްގީކުރި މިފަދަ ފުރަތަމަ ރިސޯޓުކަން ފާހަގަކުރައްވައި ޖަނާ ވަނީ މިކަން ދުނިޔޭގެ ރިކޯޑު ފޮތަށް އަރުވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ "ޑެސްޓިނޭޝަން ހުވަދޫ" ނަމުގައި ބޮޑު ޕްރޮޖެކްޓެއް ފަށަން ނިންމި ކަން ފާހަގަކުރައްވާފަ އެވެ. އަދި އެއްހާސް މުވައްޒަފުން ތަމްރީންކޮށް ވަޒީފާ ދިނުމަށް ލަފާ ދެއްވީ ވެސް ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ. އެހެންވެ، މި ފުރުސަތުގެ ބޭނުން ޒުވާނުން ހިފުމަށް އޭނާ ގޮވާލެއްވި އެވެ.

މާކިއޯ ކޫއްޑޫ ހޮޓެލަކީ ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓުން ތަރައްގީކޮށްފައިވާ ރިސޯޓް ހޮޓެލެކެވެ. އެއީ މެދު ފަންތީގެ 68 ވިލާ ހިމެނޭ ގޮތަށް ޑިޒައިން ކޮށްފައިވާ ތަނެކެވެ.