ވަލެއް އައްސާފައި އޮތް ފެހުރިއްސެއް ސަލާމަތްކޮށްފި
ވަލެއް އައްސާފައި އޮތް ފެހުރިއްސެއް ސަލާމަތްކޮށްފި

ވަލެއް އައްސާފައި އޮތުމުން ވަރަށް ބޮޑަށް އަނިޔާ ލިބުނު ކުޑަ ފެހުރިއްސެއް ދިވެހި ޑައިވަރަކު އިއްޔެ ސަލާމަތްކޮށްފި އެވެ.

ވަލެއް އައްސާފައި އޮތް ފެހުރިއްސެއް ސަލާމަތްކޮށްފި
ވަލެއް އައްސާފައި އޮތް ފެހުރިއްސެއް ސަލާމަތްކޮށްފި

ޑައިވަރު އަލީ ނިޔާޒު ބުނީ ދިގު މިނުގައި ހައެއްކަ މީޓަރު ހުރި ފެހުރިހި ފެނުނީ އިއްޔެ ހެނދުނު 10:30 ހާއިރު ކުޑަ ލޯންޗެއްގައި އިތުރު މީހަކާ އެކު އޭނާ ތިލަފުއްޓަށް ދަނިކޮށް ކަމަށެވެ. ފެހުރިހި އޭރު އޮތީ މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ މާތިލަ ބޭރުގައި ކަމަށް އޭނާ ބުންޏެވެ.

ވަލެއް އައްސާފައި އޮތް ފެހުރިއްސެއް ސަލާމަތްކޮށްފި
ވަލެއް އައްސާފައި އޮތް ފެހުރިއްސެއް ސަލާމަތްކޮށްފި

"ވަރަށް ދުވަސްކޮށްލާފައި ވޭލްޝާކެއް ފެނުނީމައި ލޯންޗް އަނބުރާލާފައި އެއާ ދިމާއަށް ދިޔައީ ވީޑިއޯކޮށްލަން. އޭރު އޭތި އޮތީ ދެ މީޓަރެއްހާ ފުނުގައި. އަހަރުމެން ފެނުނީމަ އޭތި ފެނުން މައްޗަށް ހިއްލާލާފައި އަހަރުމެންނާ ދިމާލަށް މިސްރާބު ޖެހި. އޭރު ވެސް ހީވި އެހީއެއް ބޭނުން ވެގެން ކަން އެ އުޅެނީ،" ފީނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ޑައިވަރު ބުންޏެވެ.

ނިޔާޒު ބުނި ގޮތުގައި ފެހުރިހި ފެނުނު އިރު އޭގެ މެދަކާ ހަމައިގައި އޮތީ ވަށައިގެން ވަލެއް އައްސައިފަ އެވެ. ދެން އޭނާ މަސައްކަތް ކުރީ މޫދަށް ނުފައިބައި، ވަޅިއަކުން ވާގަނޑު ކަނޑައިލާށެވެ. އެކަމަކު އެކަން ކާމިޔާބު ނުވުމުން މޫދަށް ފައިބައިގެން އަޑިއަށް ގޮސް ވަޅިއަކުން އވާ ކަނޑައިލީ ކަމަށް ބުންޏެވެ.

އައްސާފައި އޮތް ވަލެއް ކަމަށް ބެލެވެނީ ފެހުރިހީގައި އެ އޮޅިފައި އޮތް ގޮތުންނެވެ. ނިޔާޒު ބުނި ގޮތުގައި ބައެއް މަަސްވެރިން އެގޮތަށް ފެހިރިހީގައި ވާ އައްސަ އެވެ. އެއީ، ބައެއް މީހުންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި، އެން ނަގާއިރު އޭގެ އުނދަގޫ ބޮޑުވުމުންނެވެ.

އައްސާފައި އޮތް ވަލުން، ފެހުރިހި ސަލާމަތްކުރި މަންޒަރު ވަނީ ވީޑިއޯކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން ވާ ކަނޑައިލަން ނިޔާޒު މަސައްކަތްކުރި އިރު ފެހުރިހި އޮތީ ލޯންޗު ކައިރީގައި އެނބުރި އެނބުރި އެވެ.

"ވާގަނޑުގައި އަތްލި ތަނުން އެއްބައި އައީ އަތަށް. އެހާ ދުވަސްވެ، ފީވެފައި އެ ވާގަނޑު އޮތީ. އެކަމަކު ވާގަނޑު އައްސާފައި އޮންނަތާ ގިނަ ދުވަސްވެ، ފެހުރިހީގެ މަސްގަނޑު ކަނޑައިގެން އެތެރެ އަށް ވަދެފައި އޮތުމުން ވަރަށް އުނދަގުލުން ވާގަނޑު ކަނޑާލައި ވޭލްޝާކް ސަލާމަތް ކުރެވުނީ،" ނިޔާޒު ކިޔައިދިނެވެ.

"އެއަށް އޮތީ ވަރަށް ބޮޑަށް އަނިޔާވެފައި. ވާތް ފަރާތު ކޮތަރިގަނޑު ވެސް ނެތް."

ނިޔާޒު ބުނީ ރާއްޖޭގެ ކަނޑުން، އެ ގޮތަށް ދަލުގައި ޖެހިގައި ތިބޭ ވެލާކަހަނބު ގިނައިން ފެނުނު ނަމަވެސް، މި ފަދަ އަނިޔާއެއް ލިބިފައިވާ ފެހުރިއްސެއް ކުރިން ނުދެކޭ ކަމަށެވެ.

"މަސްވެރިން ބުނޭ އެން ނަގާއިރު ފެހުރިހި ތިލަވުމުން އޭގައި ވާ އައްސައި އަނިޔާކުރަމޭ. އެހެންވެ، ބޮޑަށް ގަބޫލުކުރެވެނީ މިއީ އެފަދަ ގޮތަކަށް އަނިޔާ ލިބިފައިވާ އެއްޗެއް ކަމަށް،" ނިޔާޒު ބުންޏެވެ.