ޝޯމީ ފޯނުތަކަށް ވަޔަލެސް ޗާޖިން
ޝޯމީ ފޯނުތަކަށް ވަޔަލެސް ޗާޖިން

"ވަޔަލެސް ޕަވާ ކޮންސޯޓިއަމް" ގައި ޝޯމީ ބައިވެރިވެއްޖެ އެވެ. އެއީ ކީއްކުރަން ކުރި ކަމެއްކަން އެނގޭ ހެއްޔެވެ؟ އެއީ ޝޯމީ ފޯނުތަކަށް ވަޔަލެސް ޗާޖިން ގެނައުމަށެވެ. ވަޔަލެސް ޕަވާ ކޮންސޯޓިއަމް އަކީ "ޗީ ވަޔަލެސް ޗާޖިން ޕްލެޓްފޯމް" ޕްރޮމޯޓްކޮށް، ތަރައްގީކުރަން މަސައްކަތްކުރާ ގުރޫޕެކެވެ.

ޝޯމީ ފޯނުތަކަށް ވަޔަލެސް ޗާޖިން
ޝޯމީ ފޯނުތަކަށް ވަޔަލެސް ޗާޖިން

ޝޯމީ ފޯނުތަކަށް ވަޔަލެސް ޗާޖިން ސަޕޯޓް ގެންނަން އުޅޭ ވާހަކަ އަދި އެ ކުންފުންޏަކުން ނުދައްކަ އެވެ. ވަޔަލެސް ޕަވާ ކޮންސޯޓިއަމްގައި ބައިވެރިވުމާ ގުޅޭ ގޮތުން ވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެ ކޮންސޯޓިއަމްގެ މެންބަރެއް ގޮތުގައި، ޝޯމީ އޮތީ ލިސްޓްކޮށްފަ އެވެ.

ޗީ ވަޔަލެސް ޗާޖިން ޕްލެޓްފޯމް ތަރައްގީކުރާ މެންބަރެއްގެ ހައިސިއްޔަތުން، އެ ސަޕޯޓް ފޯނުތަކުގައި ގާއިމުކުރުން އިޚުތިޔާރެއް ގޮތުގައި ޝޯމީ އަށް ލިބި ދެ އެވެ. އެޕަލް އަށް ވެސް ވަނީ އެ ހުއްދަ ދީފަ އެވެ. ވަޔަލެސް ޕަވާ ކޮންސޯޓިއަމްގައި އެޕަލް ބައިވެރިވީ މި އަހަރު ފެބްރުއަރީގަ އެވެ. އެޕަލް އައިފޯން 8 އަދި އައިފޯން 10 ގައި ވެސް، ޗީ ވަޔަލެސް ޗީޖިން ސަޕޯޓް ހިމަނާފައި ވެ އެވެ.

ވަޔަލެސް ޕަވާ ކޮންސޯޓިއަމްގައި ޝޯމީ ބައިވެރިވުމާ އެކު، އެ ކުންފުނިން ދެން ނެރޭ ފޯނެއް، ޗީ ވަޔަލެސް ޗާޖިން ސަޕޯޓްކުރާ ގޮތް ހަދާނެ ކަމަށް ބުނެވެ އެވެ. އަދި އެ ފޯނަކަށް ވާނީ "ޝޯމީ މީ 7" ކަމަށް ވެސް ބުނެވެ އެވެ.