ހިޔާގެ ކުދިންނަށް ޖޭއެސްގެ ބެލެނިވެރިން ހަދިޔާ ބަހައިފި
ހިޔާގެ ކުދިންނަށް ޖޭއެސްގެ ބެލެނިވެރިން ހަދިޔާ ބަހައިފި

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް، ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ހަދިޔާ ބަހައިފި އެވެ.

ހިޔާގެ ކުދިންނަށް ޖޭއެސްގެ ބެލެނިވެރިން ހަދިޔާ ބަހައިފި
ހިޔާގެ ކުދިންނަށް ޖޭއެސްގެ ބެލެނިވެރިން ހަދިޔާ ބަހައިފި

ހިޖުރީ އާ އަހަރާ ގުޅުވައިގެން މިދިޔަ ހަފުތާގެ ބުރާސްފަތިި ދުވަހު، ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުދިންނަށް ހަދިޔާކުރީ ކުޅިވަރު ސާމާނާއި ރީތި ވުމަށް ބޭނުންކުރާ ބައެއް ތަކެއްޗެވެ.

މި ކަމުގައި އިސްކޮށް އުޅުނު ޕޭރެންޓް ޓީޗާސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އާޒިމް ވިދާޅުވީ މިފަހަރު ހަދިޔާކުރީ ހިޔާގައި ތިބި ކުދިންނާ ބައްދަލުކުރުމަށް ފަހު، އެ ކުދިން އެންމެ ބޭނުންވާ ސާމާނެވެ.

އެ ސްކޫލުގެ ފަރާތުން މިދިޔަ މަހު ވެސް ވަނީ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް، އެ ކުދިންނަށް ތަފާތު އެކި ވައްތަރުގެ ހަދިޔާތައް ދީފަ އެވެ.

"މިިދިޔަ މަހު އެތަނަށް ޒިޔާރަތްކޮށް ކުދިންނާ ބައްދަލުކޮށްފައި އެންމެ ބޭނުންވަނީ ކޯއްޗެއްތޯ އޮޅުންފިލުވީ. ދެން ގިނަ ކުދިން މި ބުނީ ބައިސްކަލޭ. ދެން ނެޓްބޯޅައާ ފުޓްބޯޅައާ ބެޑްމިންޓަން ކުޅޭ ފަދަ އެއްޗެހި މި ހަދިޔާކުރީ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން ބަލަހައްޓަމުންދަނީ މުޖުތަމައުގެ ލޯތްބާއި އެހީތެރިކަން ބޭނުންވާ ކުދިންނަށްވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އެ ފަދަ ތަންތަނުން ބަލަހައްޓަމުންދާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 12 އަހަރުން މަތީގެ 60 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ.