މާހިރާއާ ދިމާނުކުރަން ރަންބީރު އެދެފި
މާހިރާއާ ދިމާނުކުރަން ރަންބީރު އެދެފި

ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން ނިއު ޔޯކް ސިޓީގެ މަގުމަތީގައި، ކުރު ހެދުމެއް ލައިގެން ރަންބީރު ކަޕޫރާ އެކު ސިނގިރޭޓް ބޯން ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ މާހިރާއަށް ފުރައްސާރަކުރަން ފެށުމުން އޭނާގެ ދިފާއުގައި ރަންބީރު ނިކުމެއްޖެ އެވެ.

ޝާހްރުކް ޚާންގެ "ރައީސް"ގައި ބަތަލާގެ ރޯލު ކުޅެފައިވާ މާހިރާ އަށް ފާޑުކިޔާތީ އެކަމާ ދެކޮޅަށް ޕާކިސްތާނާއި އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން ގިނަ ބަޔަކު ވެސް ޓްވީޓްކޮށްފައިވެ އެވެ.

ރަންބީރު ވެސް ވަނީ އޭނާ އާއި މާހިރާއަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ޖަވާބުދިނުމުގެ ގޮތުން ވަނީ ރަސްމީ ބަޔާނެއް ނެރެފަ އެވެ.

"ޒާތީ ހައިސިއްޔަތަކުން އަހަރެން މާހިރާ ދަންނަތާ މަސްތަކެއް ވެއްޖެ. މާހިރާ ހޯދާފައިވާ ކާމިޔާބީތަކާއި އޭނާގެ އަމިއްލަ ޒާތުގައި ހުންނަ ސިފަތަކެއްގެ ސަބަބުން އޭނާއަކީ އަހަރެން ވަރަށް އިހްތިރާމްކުރާ އަދި ވަރަށް ތާރީފުކުރާ އެކްޓަރެއް. އަންހެނަކަށް ވީތީ އޭ ކިޔާފައި އޭނާއަށް ވަކިން ޖަޖްކޮށް ފާޑުކިއުމަކީ އެއްގޮތަކަށް ވެސް އިންސާފެއް ނޫން،" ރަންބީރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރަންބީރުގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ނަފްރަތު ކުރުމާ ދެ ކަމަކީ ވެސް ސިއްހަތަށް ހުރި ގެއްލުމެއް ކަމަށެވެ.

ރަންބީރުގެ ބަޔާނުގައި، އޭނާ މާހިރާއާ ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކައާ މެދު އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

މި ދެ މީހުންގެ ފޮޓޯތައް ބެލި ގިނަ ބަޔަކު ގަބޫލުކުރަނީ މި ދެ އެކްޓަރުންނަކީ "ރަހުމަތްތެރިންނަށް ވުރެ ތަންކޮޅެއް ގާތް" ދެ މީހުން ކަމަށެވެ.