އެންމެ ދިގު ސާޅީގައި ކުރި ކައިވެނީގައި ދަރިވަރުން ބޭނުންކޮށްފައިވާތީ ތަހުގީގުކުރަނީ
އެންމެ ދިގު ސާޅީގައި ކުރި ކައިވެނީގައި ދަރިވަރުން ބޭނުންކޮށްފައިވާތީ ތަހުގީގުކުރަނީ

އެންމެ ދިގު ސާޅީގައި ކައިވެނި ކުރުމުގެ ދުނިޔޭގެ ރެކޯޑް ހަދަން މަސައްކަތްކުރި ސްރީ ލަންކާގެ ދެމަފިރިއަކު، ސާޅީގެ ފަސްބައި އުފުލަން ކުޑަކުދިންތަކެއް ބޭނުންކުރި މައްސަލާގައި ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

އެންމެ ދިގު ސާޅީގައި ކުރި ކައިވެނީގައި ދަރިވަރުން ބޭނުންކޮށްފައިވާތީ ތަހުގީގުކުރަނީ
އެންމެ ދިގު ސާޅީގައި ކުރި ކައިވެނީގައި ދަރިވަރުން ބޭނުންކޮށްފައިވާތީ ތަހުގީގުކުރަނީ

ސްރީ ލަންކާގެ ކެންޑީގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް މި ކައިވެނީގެ ރަސްމިއްޔާތުގައި ކައިވެނިކުރި ދެ މީހުން ކެންޑީގެ މައި މަގަކުން ކައިވެނީގެ ރަސްމިއްޔާތަށް ހިނގާފައި ދިޔައިރު އަންހެންމީހާ އަޅައިގެން ހުރި ދެ މޭލު ދިގުމިން ހުރި ސާޅީގެ ފަސްބައި ހިފަހައްޓަން ސަރުކާރު ސްކޫލެއްގެ 250 ކުދިން މަގުމައްޗަށް ނެރުނެވެ.

އޭއެފްޕީން ބުނި ގޮތުގައި ފްލާވާ ގާލްސްގެ ގޮތުގައި ވެސް 100 އަށް ވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި ބައިވެރިކޮށްފައިވެ އެވެ.

މި ކުދިންނަކީ ޕްރޮވިންޝަލް ޗީފް މިނިސްޓަރު ސަރަތު އެކަނަޔަކަގެ ނަމުން ނަން ދީފައިވާ ސްކޫލެއްގެ ދަރިވަރުންނެވެ. ޗީފް މިނިސްޓަރު ވަނީ ޚާއްސަ މެހެމާނެއްގެ ގޮތުގައި މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ސްރީ ލަންކާގެ ނެޝަނަލް ޗައިލްޑް ޕްރޮޓެކްޝަން އޮތޯރިޓިން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވާ ގޮތް އެތަނުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

"އަހަރެމެން މިހާރު ވަނީ ތަހުގީގެއް ފަށާފައި. އަހަރެމެން މިކަން ބަލަން ނިންމީ މިއީ ޓްރެންޑަކަށް ވިޔަ ނުދިނުމަށް،" އެންސީޕީއޭގެ ޗެއާމަން ވިދާޅުވި އެވެ.

ޗެއާމަން ވިދާޅުވީ ސްކޫލްގައި ކިޔެވުން ކުރިއަށް ދިޔަ ގަޑިއެއްގައި މިފަދަ ކަމަކަށް ކުދިން ނެރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އަދި ކުދިން ތައުލީމުން މަހްރޫމްކޮށް އެ ކުދިންނަށް ރައްކާތެރިކަމެއް ނެތް ގޮތަކަށް އެކުދިންގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރި މި އަމަލީ ޖިނާއީ ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.