ހެންވޭރު ގެއެއްގައި ރޯވެެއްޖެ
ހެންވޭރު ގެއެއްގައި ރޯވެެއްޖެ

ހ. ފަހާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ގޭގެ ތިން ވަނަ ބުރީގައި ހުރި އެއް ކޮޓަރީގެ އެޕާޓްމަންޓެއްގައި ރޯވުމާ އެކު ސިފައިން ކުރި މަސައްކަތުން އަލިފާން ވަނީ ވަރަށް އަވަހަށް ކޮންޓްރޯލް ކޮށްފަ އެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށާއި އަލިފާނުގެ ހާދިސާގައި، އެ ކޮޓަރީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އަލިފާނުގެ ހާދިސާ ހިނގުމާ އެކު ސިފައިންނާއި ފުުލުހުން ވަނީ ރޯވި ގެ އާއި އެ ގެ ކައިރީގައި ހުރި ބައެއް ގެތަކުން މީހުން ނެރެފަ އެވެ.