ނޯތު ކޮރެއާ ކައިރި އަށް ބިންހެލުމެއް!
ނޯތު ކޮރެއާ ކައިރި އަށް ބިންހެލުމެއް!

ބެއިޖިން (ސެޕްޓެމްބަރު 23) - ނޮތު ކޮރެއާ ކައިރިއަށް 3.4 ގެ ބާރު މިނުގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޮނިޓަރުން ބުނެފި އެވެ.

މި ބިންހެލުން އައިސްފައި ވަނީ އެންމެ ފަހުން ނިއުކްލިއާ ޓެސްޓްކުރި ތަނާ 50 ކިލޯ މީޓަރު (31 މޭލު) ދުރަށެވެ. މީގެ ކުރިން ނޯތު ކޮރެއާ ކައިރިން ބިންހެލުމުގެ އަސަރު ރެކޯޑް ކޮށްފައި ވަނީ އެ ގައުމުން ކުރާ މިސައިލް ޓެސްޓްތަކާ ގުޅިގެންނެވެ. އެހެންވެ މިފަހަރު ވެސް މިސައިލް ޓެސްޓެއް ކުރީ ކަމަށް މޮނިޓަރުން ބުނެ އެވެ.

ޗައިނާގެ ސީސްމޮލޮޖިސްޓުން ބުނީ އެއީ ބާރުގަދަ އެއްޗެއް ގޮއްވާލުމުން އެރި ލޮޅުމެއް ކަމަށެވެ. ނަމަވެސް ސައުތު ކޮރެއާ އިން ބުނެފައި ވަނީ އެއީ ގުދުރަތީ ގޮތުން އައި ބިންހެލުމަކަށް ވެދާނެ ކަމަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ލޮޅުން އަރާފައި ވަނީ ނޯތު ކޮރެއާ އިން އެންމެ ފަހުން ނިއުކްލިއާ ޓެސްޓް ކުރި ތަނަށް ކަމަށެވެ.

ނޯތު ކޮރެއާ އިން މި މަހު 3 ވަނަ ދުވަހު ވަނީ ބާރުގަަދަ ނިއުކްލިއާ ޓެސްޓެއް ކޮށްފަ އެވެ. އެ ޓެސްޓާ ގުޅިގެން ވަނީ 6.3 ގެ ބާރު މިނުގެ ލޮޅުމެއް ބިންގަނޑަށް އައިސްފަ އެވެ. މި ޓެސްޓަށް ފަހު އދ. އިން ވަނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.