ސީރިއާއަށް ދާން އުޅުނު ތިން ދިވެއްސަކު ހައްޔަރުކޮށްފި
ސީރިއާއަށް ދާން އުޅުނު ތިން ދިވެއްސަކު ހައްޔަރުކޮށްފި

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާން އުޅުނު ތިން ދިވެއްސަކު ތުރުކީން ހިފަހައްޓައި، މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އެ ތިން މީހުން ސީރިއާ އަށް ދާން މަސައްކަތް ކުރީ ތުރުކީ މަގުންނެވެ. އަދި އެ މީހުން ހައްޔަރު ކުރީ ވެސް ދިވެހި ފުލުހުންނާއި ތުރުކީގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ބުންޏެވެ.

ތުރުކީން ހައްޔަރު ކުރި އެ މީހުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ދާއިރު، ގިނަ ބަޔަކު ވަނީ ހަނގުރާމައިގައި މަރު ވެސް ވެފަ އެވެ.

މެލޭޝިޔާގެ ފުލުހުން ވެސް ވަރަށް ފަހުން ވަނީ، ހަނގުރާމަ އަށް ސީރިއާ އަށް ދާން އުޅުނު ކަމަށް ބެލެވޭ އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު، އެ ގައުމުން ހައްޔަރުކޮށްފަ އެވެ.