ބްރެޑްލީ ކޫޕާއާ އެކު "ޑީޕާ" އިން ގަލް ގެޑޯ ފެނިދާނެ
ބްރެޑްލީ ކޫޕާއާ އެކު "ޑީޕާ" އިން ގަލް ގެޑޯ ފެނިދާނެ

މި އަހަރު ރިލީޒްވި އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯއަކީ މިހާރު އެއްގޮތަކަށް ވެސް އާދައިގެ ބަތަލާއެއް ނޫނެވެ. އިޒްރޭލަށް އުފަން މި ބަތަލާ ހޮލީވުޑްގައި އޭނާގެ ގަދަފަދަކަން ދައްކަން ފަށާފައިވާ އިރު، ވަރުގަދަ ޕްރޮޖެކްޓަކެއް ވެސް އޭނާ އަށް އަންނަނީ އޮހެމުންނެވެ.

ބްރެޑްލީ ކޫޕާއާ އެކު "ޑީޕާ" އިން ގަލް ގެޑޯ ފެނިދާނެ
ބްރެޑްލީ ކޫޕާއާ އެކު "ޑީޕާ" އިން ގަލް ގެޑޯ ފެނިދާނެ

"ވޮންޑަ ވުމަން" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭގެ ދެވަނަ ބަޔަށް ގަލް ތައްޔާރުވަމުން އަންނަނިކޮށް މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ ލީޑް ރޯލް ކުޅޭ ސުޕަނެޗްރަލް ތުރިލާ "ޑީޕާ" ގެ ބަތަލާގެ ރޯލް ވެސް މިހާރު ވަނީ ގަލް އަށް ހުށަހަޅައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމަށް އޭނާ އަދި ސޮއެއް ނުކުރެ އެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ވަނީ "ވޮންޑަ ވުމަން 2" ގެ ބޮޑު މަސައްކަތް ކުރިއަށް ރޭވިފައި އޮތުމާ އެކު، އިތުރު އެހެން ފިލްމަކަށް ގަލް ސޮއިކޮށްފާނެތޯ ވެސް ސުވާލު އުފައްދަމުންނެވެ.

ގަލް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސްޕަހީރޯއިންގެ ވަރުގަދަ ވަފުދަކާ އެކު ނޮވެމްބަރު މަހު ސިނަމާ އަށް އަންނަ "ޖަސްޓިސް ލީގް" އިންނެވެ.

ކޮންމެއަކަސް "ޑީޕާ" ގެ ޓީމުން ތިބީ ގަލް ފިލްމަށް ގެންނަން ވަރަށް ބޮޑަށް ފައި ވިއްދައިފަ އެވެ.

ކޫޕާ ކުރީގެ އެސްޓްރޮނޯޓެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ ވައިޓް ގޯޑް (2014) ގެ ޑައިރެކްޓަރު ކޯނެލް މުންޑްރޯ ޑައިރެކްޓް ކުރާ ފިލްމެކެވެ.

އަންނަ އަހަރުގެ ކުރީކޮޅަށް ޝޫޓިން ތާވަލްކޮށްފައިވާ "ޑީޕާ" ގެ ސްކްރީންޕްލޭ ލިޔަނީ "އެމެރިކަން އަލްޓްރާ" ފަދަ ފިލްމްތަކުގެ ސްކްރީން ރައިޓަރު މެކްސް ލެންޑިސް އެވެ.