ދެވަނަ ބޮޑު ހަނގުރާމަ ކަވަރު ކުރި ލީ މިލާގެ ބައޮޕިކަށް ކޭޓް ވިންސްލެޓް
ދެވަނަ ބޮޑު ހަނގުރާމަ ކަވަރު ކުރި ލީ މިލާގެ ބައޮޕިކަށް ކޭޓް ވިންސްލެޓް

ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކަތައް ފޮޓޯތަކާ އެކު އާންމުންނާ ހަމައަށް ގެނެސްދީގެން ބޮޑު މަޝްހޫރު ކަމެއް ހޯދި އެމެރިކާގެ އަންހެން ފޮޓޯގްރާފަރު/މޮޑެލް އަދި ކުރެހުންތެރިޔާ ލީ މިލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ބަތަލާ ކޭޓް ވިންސްލެޓް ސޮއިކޮށްފި އެވެ.

ދެވަނަ ބޮޑު ހަނގުރާމަ ކަވަރު ކުރި ލީ މިލާގެ ބައޮޕިކަށް ކޭޓް ވިންސްލެޓް
ދެވަނަ ބޮޑު ހަނގުރާމަ ކަވަރު ކުރި ލީ މިލާގެ ބައޮޕިކަށް ކޭޓް ވިންސްލެޓް

"ޓައިޓޭނިކް" ގެ ބަތަލާ މިލާގެ ރޯލް ކުޅެން އެއްބަސްވުމުން އުފާވެފައި ހުރި މިލާގެ ދަރިފުޅު އެންތަނީ ޕެންރޯޒް ބުނީ ބޮޑު ސްކްރީންގައި އޭނާގެ މަންމަގެ ކެރެކްޓާ ދައްކުވައި ދޭން ކޭޓް އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިލާގެ ރޯލް ވަރަށް ފުރިހަމަ އަށް ކޭޓް އިންސާފުކޮށް ދޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް އޭނާ ބުންޏެވެ.

އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމް ހަދަނީ އެންތަނީ 1985 ގައި ލިޔުނު މިލާގެ ބައޮގްރަފީ "ދަ ލައިވްސް އޮފް މިލާ" އަށް ބިނާކޮށެވެ.

"މަންމަގެ ވާހަކަ ބޮޑު ސްކްރީންގައި ކިޔައި ދޭން ބޭނުންވާތީ އާއިލާ ފަރާތުން މި ޕްރޮޖެކްޓަށް ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ. އަހަރެންގެ އަތުގައި ހުރި މަންމައާ ގުޅޭ ހުރިހާ ލިޔުންތަކެއް ފިލްމް ހަދާ ފަރާތާ ހިއްސާ ކުރާނަން،" އެންތަނީ ބުންޏެވެ.

އީވަން އިން ފަންޑްކޮށްގެން މި ފިލްމް ހަދާ އިރު، މީގެ އެއް ޕްރޮޑިއުސަރުގެ ޒިންމާ ކޭޓް ވެސް ނަގަ އެވެ. އަދި ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށަން ހަމަޖައްސާފައިވާ އިރު، މި ފިލްމް ޑައިރެކްޓް ކުރާނެ މީހަކު ނުނިންމަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކަތައް ވޯގް މަޖައްލާގައި ހިއްސާކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި މިލާ ކެންސަރު ބަލީގައި މަރުވީ އުމުރުން 70 އަހަރުގައި 1977 ގަ އެވެ.