އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އޮސްކާ އަށް "ނިއުޓަން" ހުށަހަހަޅަން ނިންމައިފި
އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އޮސްކާ އަށް "ނިއުޓަން" ހުށަހަހަޅަން ނިންމައިފި

އިންޑިއާ އިން އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީއަށް ފިލްމެއް ހުށަހަޅާ އިރު، ބޮލީވުޑްގައި އުފައްދާ ހިންދީ ފިލްމްތަކާއި އިންޑިއާގެ އެހެން ބަސްބަހުން އުފައްދާ ފިލްމްތަކުގެ މެދުގައި އަބަދުވެސް ވަރަށް ބޮޑު ވާދަވެރި ކަމެއް އޮވެ އެވެ. އެކަމަކު ކޮންމެ ފަހަރަކީ ހިންދީ ފިލްމެއް އޮސްކާ އަށް ގެންދަން ފުރުސަތު ލިބޭ ފަހަރެއް ވެސް ނޫނެވެ.

ނަމަވެސް އަންނަ އަހަރު ބާއްވާ 90 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް މި ފަހަރު ހޮވިފައި ވަނީ އިއްޔެ ރިލީޒް ކުރި ފިލްމް "ނިއުޓަން" އެވެ. މި ފިލްމުގައި އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ޝާހިދު (2012) އިން ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ރާޖް ކުމާރް ރާއޯ އެވެ.

އަމިތު ވީ މަސުރްކަރް ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނިއުޓަން" އަކީ އިންޑިއާގެ އިންތިހާބީ ނިޒާމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބްލެކް ކޮމެޑީއެކެވެ. މި އަހަރުގެ 67 ވަނަ ބާލިން އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރި މި ފިލްމަށް ކްރިޓިކުން ވަނީ ވަރަށް ބޮޑަށް ތައުރީފު އޮއްސައިފަ އެވެ.

"ނިއުޓަން" 90 ވަނަ އޮސްކާ އެވޯޑަށް އިންޑިއާ އިން ހުށަހަޅާ ފިލްމަކަށް ހޮވާފައިވާކަން ފިލްމް ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން ވަނީ މިހާރު ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ފަހުގެ ތާރީހެއްގައި އިންޑިއާ އިން އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީ އަށް ފިލްމެއް ހުށަހަޅައިގެން ނޮމިނޭޓްވީ މީގެ 16 އަހަރު ކުރިންނެވެ، އެއީ 2001 ގައި ރިލީޒް ކުރި އާމިރު ހާންގެ "ލަގާން" އެވެ. އޭގެ ކުރިން މަދާ އިންޑިއާ (1957) އަދި ސަލާމް ބޮމްބޭ (1988) ވެސް އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީ އަށް ނޮމިނޭޓްވި އެވެ.

ނަމަވެސް އިންޑިއާގެ އެއްވެސް ފިލްމަކަށް މިހާތަނަކަށް އޮސްކާއެއް ނުލިބޭ ގޮތެއް ނުވެ އެވެ.

މިދިޔަ އަހަރު އިންޑިއާ އިން އޮސްކާގެ ފޮރިން ލެންގްއެޖް ކެޓަގަރީ އަށް ހުށަހެޅީ ތަމަޅަ ފިލްމް "އިންޓަރޮގޭޝަން" އެވެ.