އިންޑިއާގައި ގެއްލިގެން ހޯދަމުންދިޔަ ހިތަދޫ މީހާ ފެނިއްޖެ
އިންޑިއާގައި ގެއްލިގެން ހޯދަމުންދިޔަ ހިތަދޫ މީހާ ފެނިއްޖެ

އިންޑިއާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާ ފެނިއްޖެ އެވެ.

ސ. ހިތަދޫ ގޯޔާވިލާ އަބްދުﷲ މަނިކުފާނު އިއްޔެއިން ފެށިގެން ހޯދަން ފެށީ އޭނާ އުޅޭ ޓްރިވެންޑްރަމްގެ ހޮޓަލުން ބޭރަށް ނިކުތް ފަހުން ޚަބަރެއް ނުވެގެންނެވެ. އެކަން އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް އަންގައި، އިއްޔެ އިރުއޮއްސުނުއިރުން ފެށިގެން އޭނާ ދިޔައީ ހޯދަމުންނެވެ.

އޭނާ ހޯދަމުން ދަނިކޮށް މިއަދު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އިންޑިއާގައި ހުންނަވާ ރާއްޖޭގެ ކޮންސުލް އަލީ އާދަމް ކުރެއްވި ޓްވީޓެއްގައިވެ އެވެ.

އަބްދުﷲ އިންޑިއާއަށް ގޮސްފައިވަނީ ބޭސްފަރުވާއަކަށެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ އޭނާގެ އާއިލާ ބަޔަކު ހޮސްޕިޓަލަށް ގޮސްފައި ވަނިކޮށް އޭނާ ހޮޓަލުން ނިކުތް ފަހުން ޚަބަރެއް ނުވުމުންނެވެ.