21 ސެޕްޓެމްބަރ 2017 - 16:52

އިންޑިއާ އަށް އާއިލާއާ އެކު ބޭސް ފަރުވާ އަށް ދިޔަަ އައްޑޫ ހިތަދޫ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އިއްޔެ އިރުއޮއްސުނު އިރުން ފެށިގެން ޓްރިވެންޑްރަމްގައި ހޯދަމުން އަންނަނީ ހިތަދޫ ގޯޔާވިލާ އަބްދުﷲ މަނިކުފާން، 87، އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހަބަރެއް ނުވެގެން ހޯދަން ފެށީ އާއިލާގެ ބަޔަކު ހޮސްޕިޓަލަށް ގޮސްފައި ވަނިކޮށް މަނިިކުފާނުގެ އާއިލާ ތިބޭ "އަޝިޝް" ހޮޓަލުން އެކަނި ބޭރަށް ނިކުތް ފަހުން ހަބަރެއް ނުވެގެންނެވެ. އޭނާގެ ހަބަރެއް ނުވެގެން މި މައްސަލަ އިންޑިއާގައި ހުންނަ ކޮންސިއުލޭޓަށް އާއިލާ އިން ރިޕޯޓްކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 6:00 ޖެހި ފަހުންނެވެ.
މަނިކުފާނު ހޯދުމުގެ މަސައްކަތް އާއިލާ އާއި ޓްރިވެންޑްރަމްގެ ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.