21 ސެޕްޓެމްބަރ 2017 - 14:02

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 21) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގްރީރަކީ "ކުއްތާ ވައްވައް ޖެހުން" ފަދަ ކަމެއްކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.
ޓްރަމްޕަށް ރައްދު ދެއްވާ ނޯތު ކޮރެއާގެ ފޮރިން މިނިސްޓަރު ރި ޔޮން-ހޯ ވިދާޅުވީ އެ ފަދަ ބިރު ދެއްކުމުގެ އިންޒާރުތަކުން ނޯތު ކޮރެއާ ކުޑަކޮށް ވެސް ޖެހިލުން ނުވާނެ ކަމަށެވެ.
ޖެނެރަލް އެސެމްބްލީގައި ޓްރަމްޕް ދެއްވި ފުރަތަމަ ތަގުރީރުގައި ވަނީ ނޯތު ކޮރެއާގެ ބިރު ދެއްކުންތަކުން އެމެރިކާ އާއި އެ ގައުމުގެ ވެރިންނަށް ދިފާއުވާން މަޖްބޫރު ކުރުވާ ނަމަ ނޯތު ކޮރެއާ ނައްތާލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
އދ.ގެ ބައްދަލުވުމުގައި ނިއު ޔޯކުގެ ބައްދަލުވުމަށް ވަޑައިގަންނަވަމުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރި ޔޮން ވިދާޅުވީ ކުއްތާގެ ވައްވައް ޖެހުމުގެ އަޑުން ބިރު ދައްކަން އުޅޭނަމަ އެ ދެކެނީ "ކުއްތާގެ ހުވަފެން" ކަމަށެވެ.
ޓްރަމްޕުގެ ތަގްރީރުގައި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިފަ ކުރައްވާފައި ވަނީ ރޮކެޓް މޭންގެ ގޮތުގަ އެވެ. އަދި ރޮކެޓް މޭން އުޅުއްވަނީ އަމިއްލަ އަށް މަރުވުމުގެ ދަތުރެއްގައި ކަމަށް ވިދާޅުވި އެވެ.
ރޮކެޓް މޭންއާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ރި ޔޮން ވިދާޅުވީ "ޓްރަމްޕުގެ މުޝީރުންނާ މެދު ދެރަވާ" ކަމަށެވެ.