22 ސެޕްޓެމްބަރ 2017 - 06:30

ރިޝީ ކަޕޫރަކީ ޓުވިޓާގައި އަނގަ ގަދަ، މަޝްހޫރު މީހެކެވެ. އޭނާގެ ޓުވީޓްތަކުން މީހުން ރުޅިގަދަވެ ވަރަށް ގިނަ ފަހަރަށް ރިޝީއާ މައްސަލަ ޖެހި އޭނާގެ ޓުވީޓްތައް ވައިގައި ހިފާގޮތްވެ އެވެ.
ދާދިފަހުން ރިޝީ ބައިވެރިވި ރޭޑިއޯ ޝޯއެއްގައި، އަމީތާބް ބައްޗަން އާއި ޝާހްރުކް ޚާން ފަދަ އެކްޓަރުން ފަދައިން މީހުންނާ ބައްދަލުވުމުން އަތް ހޫރުވައި ސަލާން ނުކުރަނީ ކީއްވެތޯ ޝޯގެ ހޮސްޓް ސުވާލުކުރި އެވެ.
"ކާކަށް އަހަރެން އަތް ހޫރާނީ. މަގޭ ޑްރައިވަރަށް؟ އެމީހުން ދެކެން މީހުން ބޭނުންވޭ. އެއްވެސް މީހަކު އަހަރެން ދެކޭ ހިތެއް ނުވޭ. އަހަރެން މީ މޮޔައެއް ނޫން. ނޫނަސް އަހަންނަކީ އޮޓޮގްރާފް ދީ އެކުގައި ފޮޓޯ ނަންގުވަން ބޭނުންވާ މީހެއް ނޫން. އެހާ ކެތްތެރިކަމެއް އަހަރެންގެ ނުހުރޭ. އެހެންވެ ހީވޭތަ އަހަރެން ބޭރަށް ނުކުމެ ހުރެ އެހެން މީހުންނަށް އަތް ހޫރާނެހެން؟" ރިޝީ ބުންޏެވެ.
ސެލްފީ އަކީ އަދި އޭނާ މާ ފޫހިވާ އެއްޗެއް ކަމަށް ރިޝީ ބުންޏެވެ. އޭނާ ބުނި ގޮތުގައި މި ޒަމާނުގައި ކޮންމެ މީހެއްގެ އަތުގައި ސްމާޓްފޯނެއް އޮވެ އެވެ. ސެލްފީ ނަގަން އެގޮތަށް މީހުންނާ އެކު ނުހުރެވޭނެ ކަމަށާއި އެހާ ކެތްތެރިކަމެއް އޭނާގެ ނުހުންނަ ކަމަށް ރިޝީ އެއްބަސްވި އެވެ.
"މީހަކު ސެލްފީއެއް ނަގާ ވާހަކަ ބުންޏަސް އަހަރެން ވަރަށް ހިތް ނުތަނަވަސްވޭ. ކައިރީގައި ހުރެ އެތައް އިރެއް ވާއިރު އަދި ސެލްފީ ނެގޭ ކަމަކަށް ނުވޭ. ބައެއް ފަހަރު ފޮޓޯ ނަގާ ބަޓަނަށް އަތް ނުފޯރައިގެން ވެސް އުޅޭނެ. އަހަރެން ގާތަށް އަންނަ ރުޅިން ހިފަހައްޓާ ލެވެނީ ކިރިޔާ. ހިތަށް އަރާ އެ މީހާގެ ގައިގައި ބާރު އެތިފަހަރެއް ޖަހާފާނަމޭ ވެސް،" ރިޝީ ބުންޏެވެ.