21 ސެޕްޓެމްބަރ 2017 - 10:34

އދ. ތުނޑުފުށި ރިސޯޓުން ސުނޯކަލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޓޫރިސްޓްމީހާ މަރުވެފައި އޮއްވައި އިއްޔެ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި އިއްޔެ މެންދުރު 1:15 ހާއިރުން ފެށިގެން ގެއްލިގެން ހޯދަމުން އައި، އުމުރުން 74 އަހަރުގެ ޓޫރިސްޓު މީހާ ފެނުނީ ތުނޑުފުށި ރިސޯޓު ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހިންނަފުށި އިރުމަތީ ކަނޑުގައި މަރުވެފައި އޮއްވަ އެވެ.
އެމީހާގެ އިތުރުން ދ. ހުޅުދެލި ކައިރީ ފަޅަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ފެނިފަ އެވެ. އެމީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ. އެކަމަކު އެއީ ކާކުކަން އަދިވެސް ދެނެގަނެވިފައެއް ނުވެ އެވެ.