ހުނަރުވެރި ހެއާ ސްޓައިލިސްޓް ޖަސްޓިން، މި ވީޑިއޯގައި ވަރަށް ފަސޭހަ އަދި ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްލެވޭނެ ގޮތް ދައްކާލަ އެވެ. މިއީ ވަރަށް ގިނަ މުނާސަބަތުތަކަށް ސްޓައިލް ކޮށްލެވޭނެ ގޮތެކެވެ.

އޮފީހަށް ދާއިރު އާދައިގެ ހުޅިއެއް ޖަހާލުމުގެ ބަދަލުގައި، ގަތާލާފައި ހުޅިއެއް ޖަހާލުމުން ސިމްޕަލް ވެފައި ރީތިވާނެ އެވެ. މި ވީޑިއޯގައި ހެއާ ސްޓައިލިސްޓް ޖަސްޓިންގެ ސްޓައިލް މޮޑެލް ކޮށްދީފައި ވަނީ އަޒޫ އެވެ.

އަންނަ ހޮނިހިރު ދުވަހު ވެސް "މިހާރު ސްޓައިލް" އިން އާ ވީޑިއޯއެއް ގެނެސްދޭނެ އެވެ.