20 ސެޕްޓެމްބަރ 2017 - 13:58

ޒުވާން ހުނަރުވެރިންނަށް ހާއްސަކޮށްފައިވާ "ދޯ" މަޖައްލާގެ ތިން ވަނަ އަދަދުގައި ހިތްގައިމު ލިޔުންތަކެއްގެ އިތުރުން ކިޔުންތެރިންނަށް ހާއްސަ ހަދިޔާއެއް ވެސް ވަނީ ހިމަނައިފަ އެވެ. މި މަޖައްލާ ވުޖޫދަށް ގެނައުމުގައި ބޮޑު އެހީތެރިކަމެއް ދިން ލެކިއުޓުން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ދެނީ އެ ތަނުން ގަންނަ ތަކެތިން 10 ޕަސެންޓް ޑިސްކައުންޓެވެ.
މި ޑިސްކައުންޓް ލިބޭނީ "ލެކިއުޓް އޮންލައިން" އިން ކުރާ ވިޔަފާރިންނެވެ. އޮންލައިންކޮށް ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމަށް "ޗެކްއައުޓް" ވާއިރު ޑިސްކައުންޓް ކޯޑެއްގެ ގޮތުގައި DHO ޖެހުމުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. މި މަހުގެ ނިޔަލަށް ލެކިއުޓް އޮންލައިން އިން މި ޑިސްކައުންޓް ލިބޭނެ އެވެ.
ފުރާވަރު ކުދިންނާއި ޒުވާނުންނަށް ހާއްސަކޮށް ނެރޭ "ދޯ" އަށް ވެސް ކިޔުންތެރިންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ދިވެހި ބަހުން އެންމެ ފެންވަރު ރަނގަޅުކޮށް، މަހަކު އެއްފަހަރު ނެރޭ ލައިފްސްޓައިލް މި މަޖައްލާގެ ކުރިއަށް އޮތް އަދަދު ވެސް ވަރަށް ހާއްސަވާނެ އެވެ.