ދެކުނު ފަރާތު ނެރަށް ބަދަލުތަކެއް ގެންނަން ފަށައިފި
ދެކުނު ފަރާތު ނެރަށް ބަދަލުތަކެއް ގެންނަން ފަށައިފި

މާލޭ ދެކުނު ފަރާތުގައި އަލަށް ހެދި ނެރުން ވަދެނުކުތުމުގައި ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެ ނެރު ބޭނުންކުރުން މަނާ ކުރުމަށް ފަހު އެ ސަރަހައްދަށް ބަދަލުތަކެއް ގެންނަން ފަށައިފި އެވެ.

ދެކުނު ފަރާތު ނެރަށް ބަދަލުތަކެއް ގެންނަން ފަށައިފި
ދެކުނު ފަރާތު ނެރަށް ބަދަލުތަކެއް ގެންނަން ފަށައިފި

މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ސަރަހައްދުގައި ވަނީ ތިން ކަނޑިންމަ ބައްތި ބަހައްޓައިފަ އެވެ. އަދި ނެރުފައިކަށި ވަނީ ގިނަ އަދަދެއްގެ ބޮޑުހިލަ ޖަހައި އުސްކޮށްފަ އެވެ.

ލޯންޗު ދުއްވާ ބައެއް ކެޕްޓަނުން "މިހާރު"އަށް މައުލޫމާތު ދިން ގޮތުގައި އެ ގޮތަށް ނެރުބައްތިތައް ބަދަލުކުރުމުން ރޭގަނޑު އެ ނެރުން ވަދެނުކުތުމަށް ފަސޭހަ އެވެ.

ނަމަވެސް ކަނޑު ގަދަ ދުވަސްވަރު އެ ނެރުމަތީ އުފެދޭ ރާޅުބާނި އަދިވެސް ކުޑަ ނޫން ކަމަށާއި ހިތާމަވެރި ހާދިސާތައް ހިންގުމުގެ ފުރުސަތު އަދިވެސް ބޮޑު ކަމަށް ކެޕްޓަނުން ބުންޏެވެ.

އާ ނެރު ސަރަހައްދުގައި ދޭތެރެދޭތެރެ އިން ހިތާމަވެރި ހާދިސާތައް ހިނގައި އުޅަނދުތަކަށް ދަނީ ގެއްލުންތައް ލިބެމުންނެވެ.

އުޅަނދުފަހަރު ވަދެ ނުކުތުމަށް މާލޭގެ ފުއްޓަރުގައި ނެރެއް ކެނޑި މައްސަލައިގައި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ހައުސިން މިނިސްޓްރީން ވަނީ، އެ ނެރުގެ މަސައްކަތް ފުރިހަމަ ނުވާ ކަމަށަށް ބުނެ އެ ނެރު ބޭނުންކުރުން މަނާ ކޮށްފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ކުރަމުން އަންނާތީ މިިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަނޑައި ބޭނުން ކުރަން ފެށި މި ނެރުން ވަދެ ނުކުތުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާތައް ހިނގައި މީހުންނާއި މުދަލަަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.