ރޮހިންޖާ އަށް އެހީވާން އެމްޑަބްލިއުއެސްސީން ފަންޑެއް ހުޅުވައިފި
ރޮހިންޖާ އަށް އެހީވާން އެމްޑަބްލިއުއެސްސީން ފަންޑެއް ހުޅުވައިފި

ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް އެހީވާން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިއަދު ފަންޑެއް ހުޅުވައިފި އެވެ.

ރޮހިންޖާ އަށް އެހީވާން އެމްޑަބްލިއުއެސްސީން ފަންޑެއް ހުޅުވައިފި
ރޮހިންޖާ އަށް އެހީވާން އެމްޑަބްލިއުއެސްސީން ފަންޑެއް ހުޅުވައިފި

އެމްޑަބްލިޔުއެސްސީގައި މިއަދު ބެހެއްޓި ފަންޑު ފޮއްޓަށް ފުރަތަމަ އެހީވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝަހީލް ޖަލީލް އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޝަހީލް ވިދާޅުވީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހުރިހާ ސައިޓެއްގައި ފަންޑުރައިޒިން އިވެންޓް ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ އިތުރުން އެކުންފުނީގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ އައިލެންޑް ބެވަރޭޖަޒް މޯލްޑިވްސް އިން ވެސް ވަނީ ފަންޑުފޮއްޓެއް ބަހައްޓައިފަ އެވެ. މާލޭގެ މައި އޮފީހުގެ އިތުރުން ހުޅުމާލެ އާއި މާފުއްޓާއި ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ވެސް ފަންޑު ފޮށިތައް ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަންޑު ފޮށިތަކަށް އެމްޑަބްލިއުއެސްސީގެ އިތުރުން އާންމުން އެހީތެރިވުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ ފަންޑު ރެއިޒިން އިވެންޓަކީ ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސްނަގައިގެން ހިންގާ ހަރަކާތަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިވާން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދަނީ ހަރަކާތްތައް ހިންގަމުންނެވެ. ރަށްރަށު ކައުންސިލް ތަކުން ވެސް އަންނަނީ ފަންޑު ރެއިޒް ކުރަމުންނެވެ.

ރޮހިންޖާ އަށް މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖެ ޓީވީން ޓެލެތޯނެއް ބާއްވާފައިވާއިރު އެ ޓެލެތޯނަށް ފަސް މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ރޮހިންޖާ އަށް އެހީތެރިވާން ސަރުކާރު މުއައްސަސާތަކުން ގުޅިގެން ބާއްވާ ޓެލެތޯން އަންނަ ހޮނިހިރު ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ.