06 ޖުލައި 2016 - 06:52
މިފަހަރުގެ މި ގެނެސްދެނީ "ނޭޗާޒް އިންކް"ގެ ނަމުން މަޝްހޫރުވެފައިވާ އައިޝަތު ޝަހްމާ ހަމީދު ނުވަތަ އާމަ ހަމީދުގެ ރީތި ޑިޒައިންތަކެކެވެ. އީދާ ގުޅުވައިގެން ހީނާ ފަތް އަޅާލަން ބޭނުން ނަމަ މިއީ ވަރަށް ރީތި ޑިޒައިނެކެވެ.
މި ވީޑިއޯގައި ދައްކާލާ ޑިޒައިންތައް ޒަމާނީވެފައި ކޮންމެ ވައްތަރެއްގެ ގަހަނާއަކާއި ހެދުމަކާ ވެސް ގުޅުވާލެވޭނެ އެވެ. މީގެ އިތުރުން، މި ހީނާ ފަތް ޑިޒައިންތަކަކީ އީދު ދުވަސް ނުވަތަ ކައިވެނި ޕާޓީއަކަށް ފަދަ ހާއްސަ މުނާސަބަތުތަކަށް އަޅާލަން ރަނގަޅު ޑިޒައިންތަކެކެވެ.
މި ވީޑިއޯގައި ހީނާ ފަތް ޑިޒައިން އަޅާފައި ވަނީ އާމަ ހަމީދެވެ. އަދި މޮޑެލް ކުރީ ޔަސްމިން ސަލީމެވެ. އާމަ ބޭނުންކޮށްފައި ވަނީ "ކެވެރި" ބްރޭންޑުގެ ހީނާ ފަތެވެ.