20 ސެޕްޓެމްބަރ 2017 - 06:59

ވާވޭގެ އަމާޒަކީ އެއްވަނަ ދަރަޖަ އެވެ. ސްމާޓްފޯން މާކެޓްގައި، އެއްވަނަ ކުންފުންޏަކީ އެއީ ކަމަށް ވުމަށް ވާވޭ އެދެ އެވެ. އެ އުންމީދުގައި އެ މީހުން މަސައްކަތްކުރަނީ 2021 އަކީ ސުންގަޑި ކަމަށް ބަލައިގެންނެވެ.
އެއްވަނަ މަގާމު ހޯދަން ކުރަންޖެހޭ މަސައްކަތް ވާވޭ އަށް ގިނަ ނަމަވެސް، ތައްޔާރަށް ތިބި ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ނިޔަތުގައި މިހާރު ކުރަން އުޅޭ ކަމަކީ "ވާވޭ ޕޭ" އެމެރިކާ އަށް ތައާރަފްކުރުމެވެ. އެކަމަކު ވާވޭ ޕޭ އަކީ ކޮން އެއްޗެއް ހެއްޔެވެ؟
އެޕަލް ޕޭ، ސެމްސަންގް ޕޭ އަދި ވާވޭ ޕޭ އަކީ ހަމަ އެކައްޗެކެވެ. ތަފާތަކީ މަސައްކަތްތަކުގައި އަމަލީ ގޮތުން ހިއްސާކުރާ ކުންފުނިތަކެވެ.
ވާވޭ ޕޭ ބޭނުންކުރަނީ ސްމާޓްފޯން މެދުވެރިކޮށް ވިޔަފާރިކުރުމަށެވެ. އެކަމަށް ބޭނުންވާ ހާޑްވެއާ ޒަމާނީ ސްޕާމާކެޓްތަކުގައި އަންނަނީ ހަރުކުރަމުންނެވެ. އެއީ އެޕަލް ޕޭ، ސެމްސަންގް ޕޭ އަދި ވާވޭ ޕޭ ކަމަށް ވި ނަމަވެސް، ސްޕަމާކެޓްތަކަށް ފަރަގެއް ނެތެވެ. އެއީ ސްޓޯރަށް ލިބޭ ފައިސާ އެވެ.
ސްމާޓްފޯން ކުންފުނިތަކުން ތައާރުފުކޮށް ބޭނުންކުރާ ފައިސާގެ މުއާމަލާތުތައް، އެ މީހަކު އިޚްތިޔާރުކުރާ ކުންފުންޏެއްގެ ސަބަބުން ބަދަލުވެ އެވެ. ސެމްސަންގް ފޯނު ބޭނުންކުރާ ނަމަ، ސެމްސަންގް ޕޭ އެވެ. ވާވޭ އަށް ވާވޭ ޕޭ އެވެ. "އެންއެފްސީ" ޓެކްނޮލޮޖީ މެދުވެރިކޮށް ކުރެވޭ މާލީ މުއާމަލާތްތަކުގައި، ސްމާޓްފޯނުން ސްމްމާޓްފޯނަށް ވެސް ފައިސާ ފޮނުވާލެވެ އެވެ. ރާއްޖޭގައި ބީއެމްއެލް ކަސްޓަމަރުން، ސްމާޓްފޯން މެދުވެރިކޮށް ފައިސާ ފޮނުވާ ގޮތަށެވެ.
އެމެރިކާގައި ވާވޭ ޕޭ ބޭނުންކުރެވޭ ގޮތް ހެދުމަށްޓަކައި، ވާވޭ އަށް ރުހެ ބޭނުންކުތަކެއް ހޯދަންޖެހެ އެވެ. އަދި އެ ބޭންކްތަކާ އެކު ހުރުދަނާ އެއްބަސްވުތަކެއް ގާއިމުކުރަން ޖެހެ އެވެ. ބެލެވޭ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން އެމެރިކާ އަށް ވާވޭ ޕޭ ތައާރުފުކުރާނެ އެވެ.