21 ސެޕްޓެމްބަރ 2017 - 06:27

އިލިއާނާ ޑިކްރޫޒް މަޝްހޫރުވީ ޑައިރެކްޓަރު އަނުރާގް ބާސޫގެ "ބަރްފީ" އިންނެވެ. "ބަރްފީ" އަކީ އިލިއާނާގެ ފުރަތަމަ ބޮލީވުޑް ފިލްމު ނަމަވެސް އޭގެ ކުރިން އޭނާ ވަނީ ސައުތު އިންޑިއާގެ ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.
އިލިއާނާ ބުނި ގޮތުގައި ކެރިއަރުގެ ކުރީކޮޅު އޭނާ ސައުތު އިންޑިއާ ފިލްމުތައް ކުޅެން ސޮއިކުރަނީ އެއްވެސް ބަލާލުމެއް ނެތި އެވެ. އަދި އޭނާ އަމިއްލައަށް އޭނާ އަކީ އަކްޝޭ ކުމާރޭ ކިޔައިގެން ޖޯކު ޖަހާ ކަމަށް ވެސް އިލިއާނާ ބުންޏެވެ. ސަބަބަކީ އޭނާ ވެސް އެ ދުވަސްވަރު އަހަރަކު ހަތަރު ފިލްމު ކުޅެމުން ގޮސްފައި ވާތީ އެވެ.
"ތަފާތަކީ އަކްޝޭ ކުޅެނީ ވަރަށް މޮޅު ފިލްމުތައް. އަދި އެ ފިލްމުތައް އެހާ ކާމިޔާބު. ނަމަވެސް އަހަރެންގެ ބައެއް ފިލްމުތައް ކާމިޔާބު ވަނީ. ސަބަބަކީ އަހަރެން ފިލްމު ކުޅެން ސޮއިކުރަނީ ރަނގަޅު މަސައްކަތެއް ހޯދަން ކަމަށް ނުވާތީ. ލިބޭ ހުރިހާ ފިލްމެއްގައި ވެސް އޭރު އަހަރެން ދިޔައީ ސޮއި ކުރަމުން،" އިލިއާނާ ބުންޏެވެ.
"މުބާރަކަން" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އިލިއާނާ ބުނި ގޮތުގައި ސަލްމާން ޚާންގެ "ވޯންޓަޑް"ގެ ބަތަލާގެ ރޯލު ވެސް އޭނާއަށް ކުޅެން ލިބުނެވެ. ނަމަވެސް އޭރު ޓެސްޓް ދުވަސްވަރުވީމާ އެ ފިލްމު ގަބޫލުނުކޮށް ދޫކޮށްލީ އެވެ.
"އަހަރެންގެ ފުރަތަމަ ހިންދީ ފިލްމު ސަލްމާނާ އެކު ކުޅެވޭތީ އަހަރެން ވަރަށް އުފާވި. ނަމަވެސް ބޯނީ (ޕްރޮޑިއުސަރު) ފޮޓޯޝޫޓެއް ނަގަން ބުނުމުން އަހަންނަށް ނޫނެކޭ ބުނަން ޖެހުނީ ޓެސްޓް ތެރެއާ ދިމާވީމާ،" އިލިއާނާ ބުންޏެވެ.
އިލިއާނާ އެންމެ ފަހުން ފެނިފައިވަނީ އަޖޭ ދޭވްގަންއާ އެކު "ބާދްޝާހޯ" އިންނެވެ. އަދި އަޖޭ އަލަށް ކުޅެން ފެށި "ރެއިޑް"ގެ ބަތަލާ އަކީ ވެސް އޭނާ އެވެ. މި ފިލްމުގެ ޝޫޓިން މިހާރު ފެށިފައި ވާއިރު އަޖޭ އަދާކުރަނީ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލެވެ.