ކުރީގެ ފަންނާނުންތަކަކާ އެކު "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް
ކުރީގެ ފަންނާނުންތަކަކާ އެކު "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް

ރާއްޖޭގެ ކުރީގެ ވަރަށް މަޝްހޫރު ލަވަކިޔުންތެރިން ވެސް ހިމެނޭ ގޮތަށް "އޯލްޑް އިޒް ގޯލްޑް" ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ހާއްސަ މިއުޒިކް ޝޯއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކުރީގެ ފަންނާނުންތަކަކާ އެކު "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް
ކުރީގެ ފަންނާނުންތަކަކާ އެކު "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް

މި ޝޯ އިންތިޒާމް ކުރަނީ ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (ފެއިމް) އާއި އިންޑިއަން ކަލްޗްރަލް ސެންޓަ (އައިސީސީ) ގުޅިގެންނެވެ.

ކުރީގެ ފަންނާނުންތަކަކާ އެކު "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް
ކުރީގެ ފަންނާނުންތަކަކާ އެކު "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް

އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝޯ އޮންނާނީ ހުކުރު ދުވަހުގެ ރޭ ބިލަބޮން ހައި އިންޓަނެޝަނަލް ސްކޫލްގައި ރޭގަނޑު 9:00-11:00 އަށެވެ.

ކުރީގެ ފަންނާނުންތަކަކާ އެކު "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް
ކުރީގެ ފަންނާނުންތަކަކާ އެކު "އޯލްޑް އިޒް ގޯލްޑް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް

މި ޝޯގައި ލަވަ ކިޔާ ފަންނާނުންގެ ތެރޭގައި ފާތުމަތު ރައޫފް، އަބްދުއްރައޫފް، އަބްދުﷲ ރާމިޒް، އަލީ މޫސާ (އަލިބެ)، އަދި ކުރީގެ މަޝްހޫރު ބޭންޑް "އޮލިމްޕިއަންސް" އިން ދާދި ފަހުން ރިޓަޔާ ކުރި މަހްމޫދާ ޝަކީބްގެ އިތުރުން ޝިފާ ތައުފީގް، މަރިޔަމް ޝެހެނާޒް (ޝެހޭ) އަދި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މަރުހޫމް މުހައްމަދު ރަޝާދުގެ ފިރިހެން ދަރިފުޅު ހަސަން ޖަލާލެވެ.

ޝޯގައި އިންސްޓްރޫމަންޓް ކުޅޭ ކުޅަދާނަ ފަންނާނުންގެ ތެރޭގައި މުހައްމަދު ނައީބް (ރެޖީނާ މޮހޮދޭ)، އަހުމަދު ރާޝިދު، އަހުމަދު ރަޝީދު (ބާސް އަހުމަދު) މުހައްމަދު ތައުފީގް، އަލީ ރައުފް އަދި މޫސާ ރަޝީދު ހިމެނެ އެވެ.

ޝޯ އިންތިޒާމް ކުރާ އެއް ފަރާތް ކަމަށްވާ ފެއިމްގެ ޖެނެރެލް ސެކްރެޓަރީ އަދި "އޯލްޑް އިޒް ގޯލްޑް" ގެ މާކެޓިން އާއި ޕީއާރްއާ ހަވާލުވެ ހުރި އިވެންޓް ކޯޑިނޭޓަރު މަރިޔަމް ސުހާނާ ބުނީ މި ޝޯއަކީ ކުރީގެ ލަވަ މިއުޒިޝަނުންތަކެއްގެ ހުނަރު ދައްކާލަން ވުޖޫދަށް ގެންނަ "އޯލްޑް އިޒް ގޯލްޑް" ގެ ނަމުގައި އުފައްދާފައިވާ ބޭންޑްގެ ފުރަތަމަ ހުށަހެޅުން ކަމަށެވެ. އަދި މިއީ ރަސްމީކޮށް އެ ބޭންޑް ތައާރަފުކޮށްލަން ބާއްވާ ޝޯއެއް ކަމަށް ވެސް ބުންޏެެވެ.

"އޯލްޑް އިޒް ގޯލްޑް" އެކުލަވާލައި ވުޖޫދަށް ގެނައުމުގައި އިސްކޮށް ހުރީ ކުރީގެ "ނަޒާރާ" ބޭންޑް ވެސް އުފެއްދުމުގައި އިސްކޮށް އުޅުނު އަބްދުﷲ ރާމިޒެވެ.

ސުހާނާ ބުނީ ރާއްޖޭގެ މިއުޒިކް ދާއިރާގެ ވެޓެރުންތަކެއް ބޭންޑަކާ އެކު އަލުން އެ މީހުންގެ ފަންނު ދިރުވަން ނިކުންނާތީ ފޭމް އާއި އައިސީސީ އޮތީ "އޯލްޑް އިޒް ގޯލްޑް" އަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދޭން ތައްޔާރަށް ކަމަށެވެ.

"މިއީ އެ މީހުންގެ ފަންނު ދިރުވަން ހުރި ޕެޝަނެއްގެ ސަބަބުން ނަގާ އިނިޝިއޭޓިވްއެއް. އެހެން އަޅުގަނޑުމެންގެ ސައިޑުން ދޭން ޖެހޭ ހުރިހާ ސަޕޯޓް ދޭނެ،" އޭނާ ބުންޏެވެ. "އަދި ވަކިން ފާހަގަކޮށްލަން ބޭނުންވޭ މި ބޭންޑަށް އައިސީސީން ވަނީ ޕްރެކްޓިސް ރޫމެއް ވެސް ހަމަޖައްސައި ދީފައި. އެކަމުގައި ޑިރެކްޓަރު މުހައްމަދު ހާލިދުގެ ފަރާތުން ދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރަން."

ސުހާނާ އަދި ބުނީ 22 ވަނަ ދުވަހުގެ ރޭ ބާއްވާ ޝޯއާ އެކު، "އޯލްޑް އިޒް ގޯލްޑް" އޮންނާނީ މިއުޒިކް ކުޅެން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ތައްޔާރަށް ކަމަށެވެ.

"އެކިއެކި ހަފުލާތަކުން ލިބޭ ފުރުސަތުތަކާއި އަތޮޅުތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ވެސް ބޭންޑުން ހިފާނެ. ހިތާނީ ގޭގައި ވެސް މިއުޒިކް ކުޅެން އޯލްޑް އިޒް ގޯލްޑް ކުރިއަށް އޮތް ތަނުގައި އޮންނާނީ ތައްޔާރަށް،" އޭނާ ބުންޏެވެ. "އެހެންވީމާ ކޮންމެވެސް ވަރެއްގެ ޕޭމަންޓަކާ އެކު އެކަން ކުރުމުގެ ދޮރު އޮންނާނީ ހުޅުވިފައި."