ބައިނަލްއަގުވާމީ ފާޑުކިޔުންތަކަށް ޖެހިލުމެއް ނުވޭ: ސޫކީ
ބައިނަލްއަގުވާމީ ފާޑުކިޔުންތަކަށް ޖެހިލުމެއް ނުވޭ: ސޫކީ

ނޭޕީޓޯ (ސެޕްޓެމްބަރު 19) - ރޮހިންޖާ މައްސަލައާ މެދު ބައިނަލްއަގުވާމީ ގޮތުން އަމާޒުވާ ފާޑުކިޔުންތަކަށް ޖެހިލުންވެ ބިރު ނުގަންނަ ކަމަށް މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ފާޑުކިޔުންތަކަށް ޖެހިލުމެއް ނުވޭ: ސޫކީ
ބައިނަލްއަގުވާމީ ފާޑުކިޔުންތަކަށް ޖެހިލުމެއް ނުވޭ: ސޫކީ

މިއަންމާގެ ހަމަނުޖެހުންތައް ފެށި ފަހުން އެކަމަނާ ހިމޭނުން ހުންނަވާތީ އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައި ވަނިކޮށް އެ މައްސަލައާ މެދު ފުރަތަމަ ފަހަރަށް ދެއްވި ބަޔާނުގައި ސޫކީ ވިދާޅުވީ އިންސާނިއްޔަތާ ޚިލާފު ހުރިހާ އަމަލެއް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ރަކީންގައި ޖަރީމާ ހިންގުމުގެ ޒިންމާ އުފުލަން ޖެހޭ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އިންސާފު ގާއިމް ކުރުމުގައި އެ މީހެއްގެ ދީނަށް، ނަސްލަށް އަދި ސިޔާސީ ގޮތުން ހުރި މަގާމަށް ނުބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ފާޑުކިޔުންތަކަށް ޖެހިލުމެއް ނުވޭ: ސޫކީ
ބައިނަލްއަގުވާމީ ފާޑުކިޔުންތަކަށް ޖެހިލުމެއް ނުވޭ: ސޫކީ

"ސުލްހަ އާއި ހަމަޖެހުން ގާއިމްކޮށް ރަކީން ސްޓޭޓްގައި ގާނޫނު ތަންފީޒު ކުރުމަކީ މިއަންމާ ސަރުކާރުން ކުރާނެ ކަމެއް. ރަކީންގެ ހާލަތު ހާމަކޮށްދޭން މިއަންމާ ސަރުކާރުން ކުރާ ކަންތައްތައް ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ބަލާލުމަކީ އަޅުގަނޑު އެދޭ ކަމެއް،" ގައުމީ މުޚާތަބް ކުރައްވާ އިނގިރޭސި ބަހުން ދެއްވި ތަގްރީރުގައި ސޫކީ ވިދާޅުވި އެވެ.

މިއަންމާ ސިފައިން ހިންގާ ޖަރީމާތަކަށް ސޫކީގެ ތަގްރީރުގައި އަލިއަޅުވާލައިފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ މި މަހު 5 ވަނަ ދުވަހުން ފެށިގެން ރަކީންގައި ސިފައިންގެ އެއްވެސް އޮޕަރޭޝަނެއް ހިންގަމުން ނުދާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރަކީން ސްޓޭޓުގެ ހުރިހާ މުސްލިމުން އެ ސްޓޭޓް ދޫކޮށް ނުދާ ކަމަށާއި މިހާރު ވަނީ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތައް ހުއްޓާލާފައި ކަމަށެވެ. އަދި ރަކީން ދޫކޮށް ނުދާން ގިނަ މުސްލިމުން ނިންމުމަކީ އެ ސްޓޭޓުގެ ހާލަތު ގޯސް ނޫންކަން އަންގައިދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ރަކީން ދޫކޮށް ދިޔަ މުސްލިމުންނާއި އެ ސްޓޭޓުގައި ތިބި މުސްލިމުންނާ ވާހަކަ ދައްކާ މައްސަލައިގެ އަސްލަކީ ކޮބައިތޯ ބަލަން ބޭނުންވޭ. ރަކީން ދޫކޮށް ދިޔަ މީހުންގެ ތެރޭން ހަގީގީ ރެފިއުޖީންނަކީ ކޮބައިތޯ ބަލާ ގައުމަށް އެނބުރި އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ،" ސޫކީ ވިދާޅުވި އެވެ.

ސޫކީ ވިދާޅުވީ ގައުމާ މުޚާތަބް ކުރައްވާ ތަގްރީރު ކުރައްވަން ޖެހުނީ އދ.ގެ ޖެނެރަލް އެސެމްބްލީ އަށް މި ފަހަރު ނުދެވުމުން ކަމަށެވެ.

ރަކީންގެ ހާލަތު ގޯސް ނޫން ކަމަށް ސޫކީ ވިދާޅުވި ނަމަވެސް އެ ސްޓޭޓް ދޫކޮށް އަވަށްޓެރި ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް އަރައިފަ އެވެ.