ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވައިފި
ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވައިފި

ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ބައްދަލުކުރައްވައިފި އެވެ.

ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވައިފި
ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވައިފި

ސުޕްރީމް ކޯޓުގައި ބޭއްވި ހަފުލާއެއްގައި އުއްތަމަ ފަނޑިޔާރު ބައްދަލު ކުރެއްވީ މާލޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބައެއް ވަކީލުންނާއި ބައެއް އަމިއްލަ ވަކީލުންގެ އިތުރުން ކޯޓުތަކުގެ ލީގަލް އޮފިސަރުންނާ އެވެ. އެ ހަފުލާގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ ހަފުލާގައި، ލެކްސިސް ނެކްސިސްއާ ގުޅިގެން ނެރުނު ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ފުރަތަމަ އަދަދާއި ނިމިގެން ދިޔަ ފަނޑިޔާރުންގެ މަހާސިންތާގައި ތައްޔާރުކުރި ޖުވެނައިލް ޖަސްޓިސްއާ ބެހޭ އެކްޝަން ޕްލޭން ވެސް ވަނީ ނެރެފަ އެވެ. ނަމަވެސް އެ ހަފުލާގައި އުއްތަމަ ފަނޑިޔާރު ވާހަކަފުޅެއް ނުދައްކަވަ އެވެ.

ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރެއްވީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ސުޕްރީމް ކޯޓަށް ވަކީލުންތަކެއް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ބައެއް ވަކީލުން ސަސްޕެންޑްކޮށްފައިިި ވަނިކޮށެވެ. އުއްތަމަ ފަނޑިޔާރު މިރޭ ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ސަސްޕެންޝަންގައި ހުރި އެއްވެސް ވަކީލަކު ނުހިމެނެ އެވެ.

އެ ވަކީލުން ސަސްޕެންޑްކުރި މައްސަލާގައި އިތުރު ވަކީލުންތަކެއް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސުޕްރީމް ކޯޓަށް އިތުރު ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެ ވަކީލުން ސަސްޕެންޑްކުރި މައްސަލާގައި ބައެއް ގައުމުތަކާއި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަސްޕެންޑްކުރި 54 ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިިއަދު ވަނީ އުވާލައިފަ އެވެ.