މަންމަ ސަލާމަތްކުރަން އުޅެނިކޮށް ތިން ދަރިން މަރު
މަންމަ ސަލާމަތްކުރަން އުޅެނިކޮށް ތިން ދަރިން މަރު

އިންޑިއާގެ މަދްޔަޕްރަދޭޝް ސްޓޭޓްގެ ދާމޯ އަވަށުގައި އަމިއްލައަށް މަރުވާން އުޅުނު އަންހެނަކު ސަލާމަތް ކުރަން އުޅެނިކޮށް އޭނާގެ ތިން ދަރިން މަރުވެއްޖެ އެވެ.

އުމުރުން ހަތް އަހަރާއި ދެ އަހަރާ ދެމެދުގެ މި ތިން ކުދިންގެ 30 އަހަރުގެ މަންމަ ގައިގައި ރޯކޮށްލައިގެން މަރުވާން އުޅުނަސް އޭނާގެ ހަށިގަނޑުން 70 ޕަސެންޓް ފިހި އެކަމަކު މަރު ނުވެ ވަނީ ސަލާމަތްވެފަ އެވެ. މި މީހާ އަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މަންމަ ސަލާމަތްކުރަން އުޅެނިކޮށް ފިހުނު ތިން ކުދިން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.

މި އަންހެންމީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ އޭނާ އަމިއްލައަށް މަރުވާން އުޅުނީ ބަނޑުގައި ރިއްސާ ވަރުން ކެތް ނުވެގެން ކަމަށެވެ. ނަމަވެސް ފުލުހުން ޝައްކުކުރަނީ އަންހެންމީހާ މަރުވާން އުޅުނީ އާއިލީ މައްސަލަތަކަކާ ހެދި ކަމަށެވެ.