ކޮކާ ކޯލާގެ ޕްރޮޑަކްޓްތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕް ނެރެފި
ކޮކާ ކޯލާގެ ޕްރޮޑަކްޓްތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕް ނެރެފި

ކޮކާ ކޯލާގެ އުފެއްދުންތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕްލިކޭޝަން ނެރެފި އެވެ.

ކޮކާ ކޯލާގެ ޕްރޮޑަކްޓްތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕް ނެރެފި
ކޮކާ ކޯލާގެ ޕްރޮޑަކްޓްތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕް ނެރެފި

އާޓް ގެލަރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޕް ނެރެދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް އެވެ. މި އެޕާ އެކު ކޮކާ ކޯލާގެ ހިދުމަތްތައް އިތުރަށް ރަނގަޅުވެ، ފުޅާވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށް، ތައުފީގް ވިދާޅުވި އެވެ.

ކޮކާ ކޯލާގެ ޕްރޮޑަކްޓްތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕް ނެރެފި
ކޮކާ ކޯލާގެ ޕްރޮޑަކްޓްތަކަށް އޮންލައިންކޮށް އޯޑަރުކުރެވޭ "ކޯކް 2 ހޯމް" އެޕް ނެރެފި

"އަޅުގަނޑު އުންމީދު ކުރަން އެޕްގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުު ފަސޭހަތަކެއް ވެގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީ ވިދާޅުވީ، ޕްރޮޑަކްޓްތަކަށް އޯޑަރު ދިނުމަށް އެ ކުންފުންޏަށް ކޮންމެ ދުވަހަކު 1،000 ވުރެ ގިނަ ފޯން ކޯލް އަންނަ ކަމަށެވެ. އަދި މީގެ ފަހުން އޯޑަރުދޭން ގުޅާ މީހުން ކިޔުގައި ތިބެން ނުޖެހި، އެޕުން ބޭނުންވާ ޕްރޮޑަކްޓަކަށް އޯޑަރު ކޮށްލެވޭނެ ކަމަށެވެ.

"ކަސްޓަމަރުނަށް އެންމެ ދަތިވަނީ އޯޑަރު ކުރަން ގުޅަން ކަމަށް ބުނޭ. އެކަމަށް މިއަދު މިއޮތީ ހައްލެއް ހޯދާފަ. ދެން އެއްވެސް ފަރާތަކުން ނުގުޅިގެން ނުވަތަ ގުޅާފަ ކިޔުގައި ހުންނާކަށް ނުޖެހޭނެ،" މިލިންދު ވިދާޅުވި އެވެ.

މިލިންދު ވިދާޅުވީ އެޕް ބޭނުން ކޮށްގެން އޯޑަރު ކުރެވޭނީ މާލޭގެ އެޑްރެސްތަކަށް އެކަނި ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ ހިދުމަތް ފުޅާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯކް 2 ހޯމް" އެޕަލް އެޕް ސްޓޯގެ އިތުރުން އެންޑްރޮއިޑް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ. ޑައުންލޯޑް ކުރުމަށް ފަހު ރެޖިސްޓްރޭޝަން ފުރިހަމަކޮށް، ބޭނުންވާ ޕްރޮޑަކްޓަކަށް އޮންލައިންކޮށް އޯޑަރު ކުރުމުން 24 ގަޑިއިރުގެ ތެރޭގައި ގެންގޮސްދޭނެ ކަމަށް ވެސް މިލިންދު ވިދާޅުވި އެވެ.

އޯޑަރު ކުރާއިރު އެޕްލިކޭޝަނުގެ ތެރޭން އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ. އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ބީއެމްއެލްއާ އެކު މިއަދު ކޮކާ ކޯލާއިން ވަނީ ސޮއި ވެސް ކޮށްފަ އެވެ. އޮންލައިންކޮށް ފައިސާ ނުދެއްކޭ ފަރާތްތަކަށް، ޑެލިވަރީ ކުރާ ގަޑީގައި ކޭޝް ކާޑުން ނުވަތަ ޑެލިވަރީ ކުރާ މީހާގެ އަތަށް ފައިސާ ދެވިދާނެ އެވެ.