17 ސެޕްޓެމްބަރ 2017 - 06:08

"ތުމްހާރީ ސޫލޫ"ގައި ވިދްޔާ ބާލަންގެ ކެރެކްޓާއާ ގިނަބަޔަކު ގަޔާވެ އެ ފިލްމުގެ ފުރަތަމަ އިޝްތިހާރު 24 ގަޑިއިރު ތެރޭ ޔޫޓިއުބުން މިލިއަަނަކަށް ވުރެ ގިނަ މީހުން ބަލައިފި އެވެ. އެއާ އެކު މިހާރު ވަނީ ފިލްމު ރިލީޒްކުރުން ވެސް އަވަސްކޮށްފަ އެވެ.
މި ފިލްމުގައި ވިދްޔާ އަކީ ގެވެހި އަންބެކެވެ. އޭނާ ބުނަނީ "އުދުހެން ބައެއް ފަހަރު ފިޔަގަނޑެއް ބޭނުން ނުވާނެ" ކަމަށެވެ. ގެވެހި އަންބެއްގެ އިތުރުން "ލޭޓް ނައިޓް ރޭޑިއޯ ޝޯއެއް" ގެ ހޯސްޓްކަން ވެސް މި ފިލްމުގައި ވިދްޔާ ކުރެ އެވެ.
"ތުމާރީ ސޫލޫ" ރިލީޒްކުރުން މިހާރު ވަނީ އެއް ހަފުތާ އަވަސް ކޮށްފަ އެވެ. ގިނަ ބަޔަކު ބުނަނީ ފިލްމު ރިލީޒްކުރާ ތާރީޚު އަވަސް ކުރަން ޕްރޮޑިއުސަރުން ނިންމީ މި ފިލްމުގެ އިޝްތިހާރަށް ބެލުންތެރިން ދޭ ބޮޑު ތަރުހީބުގެ ސަބަބުން ކަމަށެވެ. ނަމަވެސް ފިލްމު ރިލީޒްކުރުން އަވަސް ކުރި ސަބަބު ޕްރޮޑިއުސަރުން ހާމައެއް ނުކުރެ އެވެ. ކުރިން ހަމަޖެހިފައި އޮތީ މި ފިލްމު ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް މިހާރު ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހަށެވެ.
އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރުގެ "102 ނޮޓް އައުޓް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ "ތުމާރީ ސޫލޫ" ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތް ތާރީޚް ކަމަށްވާ ޑިސެމްބަރު 1 ވަނަ ދުވަހު އެވެ. ފަހަރެއްގައި މި ފިލްމާ އެއްދުވަހު ރިލީޒްނުކުރާން ވެގެން "ތުމާރީ ސޫލޫ" އަވަސްހުރީ ކަމަށް ވެދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ.
އެއް ހަފުތާ އަވަސް ކުރުން މިހާރު ވިދްޔާގެ ފިލްމާ ބޮކްސް އޮފީހުގައި ވާދަކުރަން ޖެހޭނީ އަރްބާޒް ޚާނާއި ސަނީ ލިއޯނީގެ "ތޭރާ އިންތިޒާރު" އާއެވެ.
"ތުމާރީ ސޫލޫ"ގެ އިޝްތިހާރު ކަމުދިޔައީ ހަމައެކަނި ބެލުންތެރިންނަކަށް ނޫނެވެ. ބޮލީވުޑް ބައެއް ފަންނާނުން ވެސް މި އިޝްތިހާރާއި ވިދްޔާގެ އެކްޓިން މޮޅުކަމުން ތައުރީފުކޮށް ކަރަން ޖޯހަރް، އަރްޖުން ކަޕޫރު، އަނިލް ކަޕޫރު، ޓްވިންކަލް ކަންނާ، ޕްރާޗީ ދެސާއީ ފަދަ ފަންނާނުން ޓުވީޓް ކޮށްފައިވެ އެވެ.