ދޮންނަ މެޝިނެއްގައި ރޯވެ އަންހެނަކު ފިހިއްޖެ
ދޮންނަ މެޝިނެއްގައި ރޯވެ އަންހެނަކު ފިހިއްޖެ

މާލޭގެ ގެއެއްގައި ބޭނުންކުރާ ދޮންނަ މެޝިނެއްގައި މިރޭ ރޯވެ އުމުރުން ދުވަސްވީ އަންހެނަކު ފިހިއްޖެ އެވެ.

މއ. ފެސިނޭޝަންގައި ހިނގި މި ހާދިސާގައި ފިހުނު މީހާ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

ހޮސްޕިޓަލުން ބުނީ އަންހެންމީހާގެ ހަށިގަނޑުގެ 70 ޕަސެންޓް ފިހިފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ދޮންނަ މެޝިންގައި ރޯވީ، އެ ގޭގެ ގޭސްފުޅިން ގޭސް ލީކުވެފައި ހުއްޓާ، ދިމާވި ހާދިސާއަކުންނެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މި ހާދިސާގައި ފިހުނީ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާގެ އިސްތަށިގަނޑާއި ހަށިގަނޑުގެ ބައެއް ހިސާބުތައް ފިހިފައިވާ ކަމަށް ބުންޏެވެ.