ލަންޑަންގެ ބިމުއަޑީ ރޭލުގައި ދިނީ ޓެރަރިސްޓް ހަމަލާއެއް
ލަންޑަންގެ ބިމުއަޑީ ރޭލުގައި ދިނީ ޓެރަރިސްޓް ހަމަލާއެއް

ލަންޑަން (ސެޕްޓެމްބަރު 15) - ލަންޑަންގެ ހުޅަނގު ދެކުނުގެ ޓިއުބް ރޭލެއްގައި ގޮއްވާލާފައި ވަނީ އައިއީޑީއެއް ކަމަށާއި އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ސްކޮޑްލެންޑް ޔާޑުން ބުނެފި އެވެ.

ލަންޑަންގެ ބިމުއަޑީ ރޭލުގައި ދިނީ ޓެރަރިސްޓް ހަމަލާއެއް
ލަންޑަންގެ ބިމުއަޑީ ރޭލުގައި ދިނީ ޓެރަރިސްޓް ހަމަލާއެއް

ޕާސަންސް ގްރީން ސްޓޭޝަނުގައި، ޑިސްޓްރިކްޓް ލައިން ރޭލުގައި ގޮއްވާލި އައިއީޑީގެ ސަބަބުން 22 މީހަކަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދީފަ އެވެ. ގިނަ މީހުންނަށް ފަރުވާ ދޭން ޖެހިފައި ވަނީ އެކި ތަންތަން ފިހިގެންނެވެ. ސްޓޭޝަނުގައި އައިއީޑީ ބޭއްވި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

ބޮޑު ވަޒީރު ތެރޭސާ މެއި ވަނީ އެއީ "ފިނޑި" އަމަލެއް ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ކޯބްރާ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު ޑައުނިން ސްޓްރީޓުގައި ވާހަކަ ދައްކަވަމުން މެއި ވިދާޅުވީ ލަންޑަންގެ ޓްރާންސްޕޯޓް ނެޓްވޯކުގައި ފުލުހުން އިތުރު ކުރައްވާނެ ކަމަށެވެ.

ބީބީސީ އިން ބުނި ގޮތުގައި ޑިވައިސްގައި ވަނީ ޓައިމަރެއް ވެސް ހަރުކޮށްފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ސުޕަމާކެޓް ބޭގަކަށްލާފައިވާ ބާލިދީއެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. އަދި ނަރުކޮޅުތަކެއް ވެސް ފެންނަން ހުއްޓެވެ.

ބީބީސީގެ ސެކިއުރިޓީ ކޮރެސްޕޮންޑެންޓަކު ބުނީ ފެންނަ ފެނުމަށް ބޮން ނުގޮވާ ކަމަށެވެ. އެ ބޮން ގޮވި ނަމަ އެ ހިސާބުގައި އެ ވަގުތި ތިބި އެންމެން މަރުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ރޭލުގައި ތިބި މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބޭނެ ކަމަށް ބުންޏެވެ.

މިއީ އިނގިރޭސި ވިލާތުގައި މި އަހަރު ދިން ފަސް ވަނަ ހަމަލާ އެވެ. މި ހަމަލާގައި މީހަކު މަރު ނުވި ނަމަވެސް ކުރިން ދިން ހަތަރު ހަމަލާގައި ވަނީ 36 މީހުން މަރުވެފަ އެވެ.