ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެ އަންހެނެއްގެ ހާލު ސީރިއަސް
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެ އަންހެނެއްގެ ހާލު ސީރިއަސް

ފުވައްމުލަކުގައި މިއަދު ހަވީރު ހިނގި ސައިކަލު އެކްސިޑެންޓެއްގައި ޒަހަމްވި ދެ އަންހެނެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް މާލެ ގެންނަން ނިންމައިފި އެވެ.

މިއަދު ހަވީރު 4:40 ހާއިރު އެ ރަށު ފުނާޑު އަވަށު، ނައިބުތުއްތު މަގުގައި ހިނގި އެ އެކްސިޑެންޓުގައި އެކަކުގެ އެތެރެ ހައްޓަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާއިރު އަނެކަކުގެ އަތް ކޮނޑުހުޅުން ވަނީ ނެއްޓިފަ އެވެ.

ފުލުސް އޮފީހުން ބުނީ ދެ ސައިކަލު ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު ދެ އަންހެނުން ވެސް ތިބީ އެއް ސައިކަލުގައި ކަމަށާއި އަނެއް ސައިކަލުގައި ތިބި ފިރިހެނުންނަށް މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލު އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.