ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް އިނާމު ދީފި
ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް އިނާމު ދީފި

ދިރާގުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ ކުންފުނީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް ރޭ އިނާމު ދީފި އެވެ.

ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް އިނާމު ދީފި
ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް އިނާމު ދީފި

ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ދިރާގުގެ އެންމެ ޝަރަފްވެރި އިނާމުކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ އެސިސްޓެންޓް އިންޖިނިއާ ޒުލްހާމް އަބްދުލް ހަކީމެވެ. އަދި ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމްތަކާއި ލީޑާޝިޕް އިނާމްތަކުގެ އިތުރުން ޑިވިޝަނަލް މެރިޓް އެވޯޑްތަކާއި ހާއްސަ މެރިޓް އަދި ސްޕެޝަލް ރެކޮގްނިޝަން ޓީމް އެވޯޑްތައް ދިނެވެ.

ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް އިނާމު ދީފި
ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް އިނާމު ދީފި

ދިރާގުން ބުނީ އިނާމު ދިނުމުގެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ. އަދި އެ ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ މަންފާ އާއި ކުރިއެރުމަކީ ކުންފުނިން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށް ބުންޏެވެ.

ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް އިނާމު ދީފި
ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައި، 49 މުވައްޒަފަކަށް އިނާމު ދީފި

"ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެ ގޮތް މަގުފަހި ކުރަން ދިރާގުން ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދޭނެކަން ވެސް މިފުރުސަތުގައި ފާހަގަކުރަން،" އިނާމު ދިނުމުގެ ޖަލްސާއާ ގުޅޭގޮތުން ދިރާގުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ކުންފުނިން ބުނީ މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނީގެ ގޮތުގައި އޮތް ދިރާގުން، މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ ޖަލްސާ މެދުނުކެނޑި ބާއްވަމުން އަންނަތާ މިހާރު ވަނީ 28 އަހަރު ވެފަ އެވެ.