15 ސެޕްޓެމްބަރ 2017 - 07:26

އޮކްސްފޯޑް ޔުނިވަސިޓީގެ ލެކްޗަރާއެއް ބުނާ ގޮތުގައި ދަރީގެ ޖިންސު ކަނޑައެޅުމުގައި ބައްޕަގެ ނުފޫޒު ވަރަށް ބޮޑަށް އޮވެ އެވެ.
ފިރިހެނުންގެ ސްޕާމްގެ ކޮލިޓީ ވަރަށް ރަނގަޅު ނަމަ އެމީހުންނަށް ފިރިހެން ދަރިން ލިބުުމުގެ ފުރުސަތު ބޮޑުކަމަށް މި އާ ދިރާސާގައި ބުނެފައިވެ އެވެ.
މިފަހަރުގެ ރިސާޗުން މިގޮތަށް ދައްކާފައި މިވަނީ ދަރިންގެ ޖިންސަށް މައިންނަށް މާ ބޮޑަށް ނުފޫޒު ފޯރުވޭކަމަށް މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާފައި ވަނިކޮށެވެ.
އަ ދިރާސާގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ. އައުރެލިއޯ މާލޯ ވިދާޅުވީ ދަރިންގެ ޖިންސު ކަނޑައެޅުމުގައި ބައްޕަ އަދި މަންމަގެ ދައުރެެއް ވެސް އޮންނަކަން މިހާރު ސާބިތުވެއްޖެ އެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ ރިސާޗަރުން މި ދިރާސާ ކުރުމަށް، އެެމެރިކާގައި ދިރިއުޅޭ މީދަލުގެ ވައްތަރެއް އެނަލައިޒްކޮށްފައިވެ އެވެ. މި ދިރާސާގެ ނަތީޖާއިން ހާމަވި ގޮތުގައި ސްޕާމްގެ ކޮލިޓީ ރަނގަޅު ބައްޕައިންގެ ދަރިފަނީގައި ހުންނަނީ ވަރަށް ކުޑަ ނިއުކްލީ އެކެވެ. މިއީ ސެލް ތެރޭގައި ޖެނެޓިކް މެޓީރިއަލް ބަހައްޓާ އެއްޗެކެވެ. ނިއުކްލީ ކުޑަވުމުގެ ނަތީޖާއަކީ ފިރިހެނުން "ވައި" ކްރޮމޮޒޯމް މާ ގިނައިން އުފެއްދުމެވެ. މީގެ ސަބަބުން އަންހެން ދަރިންނަށް ވުރެ ފިރިހެން ދަރިން ލިބުމުގެ ފުރުސަތު އިތުރުވެ އެވެ.
މީގެ ކުރިން ނޯފާ އިންސްޓިޓިއުޓް އޮފް އޮކިއުޕޭޝަނަލް މެޑިސިނުން ކޮށްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި ހޯމޯންތަކަށް މައްސަލަތައް ކުރިމަތިކުރުވާ ޕަރަބެންސް ކިޔާ ކެމިކަލެއްގެ ސަބަބުން ސްޕާމް ކޮލިޓީ ދަށްވެ އެވެ. މިއީ ސައިބޯންޏާއި ސަން ސްކްރީން އަދި ޕްލާސްޓިކްގައި ހުންނަ ކެމިކަލެކެވެ. ޕަރަބެންސްގެ ސަބަބުން ދަރިފަނިތަކުގައި އައިބުތައް އުފެދުމާއި އަސްލު ހުންނަންވާ ސައިޒު ނޫން ސައިޒުތަކުގެ އަދި ތަފާތު ބައްޓަމަށް ހުންނަ ސްޕާމްތައް އުފެދޭކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.