14 ސެޕްޓެމްބަރ 2017 - 14:34

އޯޑިއޯން ބިމުގެ އެއް ފަޅީގައި، މަޖީދީ މަގާއި ފަނޑިޔާރު މަގު ގުޅޭ ގޮތަށް މަގެއް ހެދުމަށް ނިންމައިފި އެވެ.
ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ ސަރަހައްދުގެ ޓުރެފިކަށް ލުޔެއް ގެނައުމަށް އޯޑިއޯން ބިމުގައި ދެކޮޅަށް ދުއްވޭ މަގެއް ހަދައި ޕާކިން އޭރިއާ ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އެ މަސައްކަތް ފަށާ ތާރީހާއި ނިމޭނެ ތާރީހު އަދި މަގާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ.
މަޖީދީ މަގު އޯޑިއޯން ހުރި ބިމަކީ ފުލެޓް އެޅުމަށް ހާއްސަ ކޮށްފައިވާ ބިމެކެވެ. މަގު ހެދުމަށް ހުސްކޮށްފައިވަނީ އެ ބިމުގެ އިރުމަތީ ކޮޅުގެ އެއް ބައެވެ.
އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން މިހާރު ވަނީ އުވާލައިފަ އެވެ.