މެލޭޝިއާގެ ސްކޫލެއްގައި އަލިފާން ރޯވެ 23 ކުދިން މަރުވެއްޖެ
މެލޭޝިއާގެ ސްކޫލެއްގައި އަލިފާން ރޯވެ 23 ކުދިން މަރުވެއްޖެ

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 14) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ މުސްލިމް ސްކޫލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 25 ކުދިންނާއި ޓީޗަރުން މަރުވެއްޖެ އެވެ.

މެލޭޝިއާގެ ސްކޫލެއްގައި އަލިފާން ރޯވެ 23 ކުދިން މަރުވެއްޖެ
މެލޭޝިއާގެ ސްކޫލެއްގައި އަލިފާން ރޯވެ 23 ކުދިން މަރުވެއްޖެ

ތަހްފީޒް ދާރުލް ގުރުއާން އިއްތިފާގިއްޔާ ސްކޫލުގައި އަލިފާން ރޯވީ މިއަދު ވަރަށް ހެނދުނާ އެވެ.

މެލޭޝިއާގެ ސްކޫލެއްގައި އަލިފާން ރޯވެ 23 ކުދިން މަރުވެއްޖެ
މެލޭޝިއާގެ ސްކޫލެއްގައި އަލިފާން ރޯވެ 23 ކުދިން މަރުވެއްޖެ

"މަރުވިކަން މިހާތަނަށް ޔަގީން ކުރެވިފައި ވަނީ 23 ކުދިންނާއި ދެ ސުޕަވައިޒަރުން،" ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޚިރުއްދީން ދުރަހްމާން ވިދާޅުވި އެވެ. "މިއީ ވޭތުވެދިޔަ ވިއްސަކަށް އަހަރަށް ބަލާއިރު މެލޭޝިއާގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ."

މަރުވި ކުދިންގެ އުމުރު އަދި ސާފުވާ ގޮތެއް ނުވެ އެވެ. ނަމަވެސް މެލޭޝިއާގެ އިސްލާމިކް ތަހްފީޒް ސްކޫލްތަކުގައި އާއްމުކޮށް ކިޔަވަނީ އުމުރުން ފަސް އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ. އާއްމުކޮށް އެ ކުދިން ދިރިއުޅޭނީ ވެސް ސްކޫލުގަ އެވެ.

އޮންލައިންކޮށް ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައި ވަނީ ސްކޫލްގެ މަތީ ބުރީގެ ރޫމްތަކުގަ އެވެ. މިއީ ކިޔަވާ ކުދިން އާއްމުކޮށް ނިދާ ބައެވެ. އަނދާފައިވާ އެނދުތަކާއި ކުޑަ ދޮރުތަކުގެ ފޮޓޯތައް ވެސް ދައުރުވެފައިވެ އެވެ. އޮފިޝަލުން ބުނެފައި ވަނީ އަލިފާން ރޯވިތާ މާގިނައިރެއް ނުވެ އަލިފާން ނިއްވާ މީހުން އެ ސްކޫލަށް ދިޔަ ކަމަށެވެ. އަދި ގަޑިއެއްހާއިރު ތެރޭ އަލިފާން ނިއްވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަރަށް ގިނަ ކުދިން ވަނީ ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ބައެއް ކުދިންނަށް ވަނީ ދުމުގެ އަސަރުކޮށް ނޭވާލާން ދަތިވެފަ އެވެ.

ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ހަމްދަރުދީ ފާޅުކުރައްވައިފަ އެވެ. ސަރުކާރުގެ ވަޒީރަކު ވިދާޅުވެފައި ވަނީ އަލިފާން ރޯވި ހާދިސާ ވަރަށް އަވަހަށް ތަހުގީގު ކުރާނެ ކަމަށެވެ. ގަވާއިދުތަކާ އެއްގޮތަށް ނުހިންގާ ޕްރައިވެޓް ސްކޫލްތަކުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވާ ކަމަށް މެލޭޝިއާގެ އޮފިޝަލުން ވަނީ ކުރިން ވިދާޅުވެފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 2015 ގެ ފަހުން ވަނީ ސްކޫލްތަކުގައި 200 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގައިފަ އެވެ.