ވަކި ފިކުރެއްގެ ވަކީލުން މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން: ޕީޕީއެމް
ވަކި ފިކުރެއްގެ ވަކީލުން މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން: ޕީޕީއެމް

ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރި ވަކީލުންނަކީ ވަކި ފިކުރެއްގެ ބޭފުޅުންތަކެއް ކަމަށާއި ވަކީލުން މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ގައުމުގެ ހަމަނުޖެހުން ނަގާލުމަށް ބާރު ލިބޭ ގޮތަކަށް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ވަކި ފިކުރެއްގެ ވަކީލުން މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން: ޕީޕީއެމް
ވަކި ފިކުރެއްގެ ވަކީލުން މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން: ޕީޕީއެމް

ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން 54 ވަކީލަކު ސަސްޕެންޑް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނިންމައިފަ އެވެ. ޑީޖޭއޭގެ ނިންމުމާ ގުޅިގެން ޕީޕީއެމުން ވަނީ އެ ނިންމުމަށް ތާއީދުކޮށް މަރުހަބާ ކިޔައިފަ އެވެ.

ވަކި ފިކުރެއްގެ ވަކީލުން މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން: ޕީޕީއެމް
ވަކި ފިކުރެއްގެ ވަކީލުން މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން: ޕީޕީއެމް

ސަސްޕެންޑް ކުރި ގިނަ ވަކީލުންނަކީ ސިޔާސީ ބޮޑެތި ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި، އަދި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ވަކީލުންގެ ތެރޭގައި އެންމެ އިސް ސަފުން ފެނިގެން ދިޔައީ ވަކި ފިކުރަކަށް ތަބާވާ، ވަކި ފިކުރެއް ޕްރޮމޯޓް ކުރަން އުޅުއްވާ ބޭފުޅުން ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރަނީ އެ ބޭފުޅުން ބޭނުންވެގެން އުޅެނީ ރާއްޖޭގެ ޖުޑިޝަރީއަކީ އެ ބޭފުޅުންގެ މުހުތާދުތައް ފިލުވަން، ނޫނީ އެ ބޭފުޅުން ބޭނުންވާ ގޮތަކަށް، އެ ބޭފުޅުންގެ ފިކުރާ އެއްގޮތަށް ބައްޓަން ކުރަން ބޭނުންވާ ތަނެއްގެ ގޮތުގައި (ޖުޑިޝަރީ) ބާއްވަން ބާއޭ،" ހަލީލް ވިދާޅުވި އެވެ.

"ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރައްވާ ބޭފުޅުންތަކަކަށް ވާތީ ރާއްޖޭގެ ހަމަނުޖެހުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތަށް ބާރު ލިބޭ ގޮތަށް މި ބޭފުޅުން (ވަކީލުން) ކުރައްވާ މަސައްކަތެއް ގޮތަށް ސިފަ ކުރެވެނީ."

ހަލީލް ވިދާޅުވި ގޮތުގައި ޑީޖޭއޭގެ ނިންމުމަކީ ގައުމަށްޓަކައި ކުރެއްވި މުހިންމު މަސައްކަތެކެވެ. ވަކީލުންގެ ތެރޭގައި އުޅުއްވާ ބޭފުޅުންނަކީ ވަކި ފިކުރެއް ޕްރޮމޯޓް ކުރައްވާ ބޭފުޅުންނަށް ވާން ނުޖެހޭ ކަމަށާއި އެ ބޭފުޅުން ވާން ޖެހޭނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ޖުޑިޝަރީގައި މައްސަލަތަކެއް ހުރި ނަމަ، މަގުމައްޗަށް ނިކުމެ ކަންކަން ހައްލު ކުރުމަކީ ގޮތެއް ނޫނެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން މުއައްސަސާތަކެއް ހުރިއިރު، އެ "ދޮރުތަކުގެ ތެރެއިން" ވަނުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"ވަދެވޭނެ ދޮރުތަކެއް އެބަހުރި ފާހަގަކޮށްފައި. އެ ދޮރުތަކުން ހިނގައިގެން ކަންކަން ހައްލު ވާނީ. މަގުމައްޗަށް ނިކުމެ، މުޒާހަރާކޮށްގެން، ޕެޓިޝަން ހަދައިގެން އުޅުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަހަލަ ކަންކަން ހައްލު ކުރަން އުޅޭ އުސޫލުތަކެއް ނޫން،" ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތަށް ޝަރުއީ ނިޒާމާ ބެހި ފާޑު ކިޔައި، ދުއްތުރާކޮށްގެން ނުވާނެ ކަމަށެވެ. ގާނޫނު ނަގަހައްޓާ ފަރާތްތަކަށް ހިތްވަރުދީ އާރިފް ވިދާޅުވީ ވަކީލުންނަށް ވިޔަސް، ގޯހެއް ހަދާ ނަމަ، އެ ވާނީ ގޯހަކަށް ކަމަށާއި އެންމެ މީހަކު ރަނގަޅު ކަމެއް ކުރިޔަސް ވާނީ ރަނގަޅު ކަމަކަށް ކަމަށެވެ.

"ލޯޔަރުންނެއް ނޫން ކޮންމެ ބަޔަކު ކުރި ނަމަވެސް، އެއީ ބޮޑު ގޯހެއް، އެކަމެއް ނުކުރެވޭނެ. އެކަން ޖެހޭނީ ހުއްޓާލަން. ލޯޔަރުންގެ ނަން ބޭނުންކޮށްގެން ދެން ތިބި އެތައް ސަތޭކަ ލޯޔަރުންގެ އަގު ވައްޓާލަން ކުރާ މަސައްކަތް އެބަ ޖެހޭ ހުއްޓާލަން،" އާރިފް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރީމަ، ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާނެ ކަމަށެވެ. ޑީޖޭއޭގެ ނިންމުމަށް މަރުހަބާ ކިޔައި، އަބްދުއްރަހީމް ވިދާޅުވީ ޑީޖޭއޭ އިން ނިންމާނީ ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ.

އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކޮށް، އިންސާފު ގާއިމުކުރުމަށް ކުރާ މަސައްކަތް ބަލައިގަނެ، އަބަދުވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް ބާރު އަޅައި މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ.